އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވާ، ބެންޖަމިން ނަތަންޔާހޫ "ބަޣާވާތެއް" ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރުން އެކަން ކުށްވެރިކޮށްފައެވެ.
އިދިކޮޅު ލީޑަރުން، ނަތަންޔާހޫގެ މައްޗަށް މި ތުހުމަތުތައްކޮށްފައި މިވަނީ، މިދިޔަ މަހު ބޭއްވި އިންތިޚާބުގެ ކުރިން ޢަރަބިން އިސްކޮށް އުޅޭ ޕާޓީއެއްގެ މެމްބަރުންތަކެއްގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވުމަށް ނަތަންޔާހޫގެ އޮފީހުން މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އިދިކޮޅު ލީޑަރު ޔައީރް ލެޕިޑް ސޯޝަލް މީޑިއާގައި ވިދާޅުވީ، އިތުރު މަޢުލޫމާތުތައް ހާމަވަމުންދާ ވަރަކަށް މިއީ ހަމައެކަނި އިންތިޚާބަށް ހުރަސްއެޅުމަށް ކުރި ކަމެއް ނޫން ކަމަށާއި، މިއީ ބަޣާވާތެއް ކުރަން އުޅުންކަން ސާފުވަމުންދާ ކަމަށެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ ކުރީ ދުވަހު ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އިޑޯ ނޯޑެން ވަނީ ރާޢަމް ޕާޓީގެ މެމްބަރުންތަކަކާ ގުޅޭގޮތުން ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ރާޢަމް ޕާޓީގެ ތިން މެމްބަރަކު ހައްޔަރުކުރެވުނު ނަމަވެސް، އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަން އެނގުމުން ފުލުހުން ވަނީ އެމީހުން ދޫކޮށްލާފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެތެރޭގެ ސަލާމަތީ ޚިދުމަތް (ޝިން ބެޓް) ގެ ވެރިޔާ ވަނީ ޢަރަބި ޖޮއިންޓް ލިސްޓުގެ ލީޑަރުންގެ ފޯނު ކޯލުތައް ސިއްރުން އަޑުއެހުމަށް މަސައްކަތްކޮށްފައެވެ.
ނަމަވެސް، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން އެޓަރނީ ޖެނެރަލް ވަނީ އެކަމަށް ހުއްދަ ދެއްވަން ދެކޮޅުހައްދަވާފައެވެ. އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ކަންކަން ނިންމާފައިވާ ގޮތް މުރާޖަޢާކުރާނެ ކަމަށެވެ. ނަމަވެސް ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަނީ މި ރިޕޯޓުތައް ދޮގުކޮށްފައެވެ.
ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބަރީން އާއި ރާޢަމް ޕާޓީގެ މެމްބަރު އަދި ކުރީގެ ފުލުހުންގެ ވެރިޔާ ޔޯއާވް ސެގަލޯވިޓްޒް ވެސް ވަނީ މިއީ "އަނދިރި ވެރިކަންތަކުގެ" ސިފައެއް ކަމަށް ސިފަކުރައްވައި، މިކަން ތަޙުޤީޤުކުރުމަށް ގޮވާލައްވާފައެވެ. ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ގާޑީ އައިޒެންކޮޓް ވިދާޅުވީ، މަޤާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރަކީ އިސްރާއީލުގެ ޑިމޮކްރަސީއަށް އޮތް ސީދާ އަދި ވަގުތީ ނުރައްކާއެއް ކަމަށެވެ.
މި އިންތިޚާބުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި އެއްވެސް ފަރާތަކަށް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، ޖޮއިންޓް ލިސްޓާއި ރާޢަމް ޕާޓީން ވަނީ އައިޒެންކޮޓް އިސްވެ ހުންނަވައިގެން އެކުލަވާލާ ކޯލިޝަނަކަށް ތާއީދުކުރާނެކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު