މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ދާރުލް ގަރާރު, މާލެ، އަހުމަދު ރިޝްވާންއެވެ. އުމުރުން 41 އަހަރުގެ ރިޝްވާން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ ފަސް ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ ވަކީލަކާއެކު ކުރިއަށްދާން ބޭނުންކަމަށްބުނެފައިވާތީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ސީންއަށް ދިޔަ ފުލުހަކަށް މަސްތުވާތަކެތިކަމަށް ބެލެވޭ 15 ރަބަރު ޕެކެޓް ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު