މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އެތެރޭގެ ކަންކަން ކުރިއަށްދާނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ އެމްޑީޕީގެ މެންބަރުން ނޫން ފަރާތްތަކުން ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުން އެ ޕާޓީއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާފައެވެ.
"އެމްޑީޕީ މެންބަރުން ނޫން ބޭފުޅުން ސޯޝަލް މީޑިއާގައި އަދި އެހެންވެސް ގޮތްގޮތުން އެމްޑީޕީއަކީ ކޮބައިކަމާއި، އެމްޑީޕީ އަމަލުކުރާންޖެހޭނެ ގޮތްތަކާއި، މިފަދަ އެމްޑީޕީއާ ގުޅޭ ވަރަށް ގިނަ ވާހަކަ އެބަ ދައްކަވާ،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ޕާޓީން ބޭރުގެ ފަރާތްތަކުން އެމްޑީޕީއަށް އަމާޒުކޮށް ފާޑުކިޔައި ވާހަކަދެއްކުމަކީ އާންމު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެކަން އޮންނާނީވެސް އެގޮތަށް ކަމަށެވެ. އަދި ދިވެހި ހަރުބަހަކުން މިސާލު ޖައްސަވަމުން ނަޝީދު ވިދާޅުވީ "މޭވާ އަޅާ ގަސްގަހަށް ގަލި އުކާނީ" ކަމަށެވެ.
މީގެ އިތުރުން، ޕާޓީގެ ނިންމުންތަކާއި ހިންގުމުގެ އޮނިގަނޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ހުރިހާ ކަމެއްވެސް ހިނގާނީ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ އުސޫލުތަކުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު