އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖެއަކީ އަބަދުވެސް އިންޑިއާގެ އިޚްލާޞްތެރި ރަޙްމަތްތެރިއެއް އަދި ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.
ވަޒީރު އިރުތިޝާމް މިހެން ވިދާޅުވީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައި.އޯ.އާރް.އޭ) ގެ 25 ވަނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި، އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވަފުދުތަކުގެ އިސްވެރިން ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޮޑުވަޒީރު މޯދީއަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ދެފަރާތުގެ އިޙްތިރާމާއި، އިތުބާރާއި، ވިސްނުމުގެ މައްޗަށް ބިނާވެފައިވާ އަވަށްޓެރި ހެޔޮ ގުޅުންތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާއިން ދިވެހިރާއްޖެއަށް ޒަމާނުއްސުރެ ބަހައްޓަވަމުން ގެންދަވާ ގާތް ރަޙްމަތްތެރިކަމާއި ދެއްވާ އެހީތެރިކަމަށް އިރުތިޝާމް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް، ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަމިއްލަފުޅަށް ދެއްވާ އަހައްމިއްޔަތުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ދެފަރާތުގެ އިޙްތިރާމާއި މިނިވަންކަމުގެ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ އިންޑިއާއާއެކު އޮންނަ ގާތް ގުޅުމަކީ ދިވެހިރާއްޖެއިން ނުހަނު އަގުވަޒަންކުރާ ގުޅުމެކެވެ،" ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.
ދެ ޤައުމުގެ ގުޅުމުގެ ފައިދާތަކަށް އިޝާރާތްކުރައްވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ޙާޞިލުކުރެވިދާނެ ކަންކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް ޢަމަލީގޮތުން ފައިދާހުރި ކަންކަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާގެ ރިޔާސަތުގައި ނިއު ދިއްލީގައި ކުރިއަށްދިޔަ އައި.އޯ.އާރް.އޭ ގެ 25 ވަނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އިރުތިޝާމް އިންޑިއާއަށް ވަޑައިގެންނެވީ މި ހަފްތާގެ ކުރީކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު