އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާއެކު އަންނަ އެޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އެޕްރީލް މަހުގެ 18 ގައި މި އިންތިޚާބުތައް ބޭއްވުމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ އިންތިޚާބު މިއަދު ފަސްކުރިއިރު ކޮރޯނާވައިރަހުން ޖެހޭ ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ. މީގެއިތުރުން ކޯވިޑް 19ގެ ބަލިމަޑުކަށް ރާއްޖޭގައި ވެސް ފެތުރެން ފަށާފައި ވާތީ އިންތިޚާބު ލަސްކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމިޝަނުން ކުރިން ބުނެފައިވަނީ އިންތިޚާބު ފަސްކޮށްފިނަމަ ވަރަށް ބޮޑު ޚަރަދެއް އިތުރަށް ހިނގާނެ ކަމަށެވެ. ނަމަވެސް މިއަދު އިންތިޚާބާ ބެހޭ މައި އިދާރާގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންތިޚާބުތައް ފަސްކުރީ ރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާއި ގުޅިގެން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. މި ޙާލަތުގައި އެއްވުންތައް މަނާކުރުމާއި ކޮރަންޓީން ކުރުމާއި އެކަހެރި ކުރުމާއި ލަފާފުރުން މަނާކުރުން ފަދަ ބޮޑެތި ބާރުތަކެއް ޤާނޫނުން އާންމު ޞިއްޙަތާބެހޭ ޑިރެކްޓަރ ޖެނެރަލަށް ލިބިދެއެވެ.

ކިޔުންތެރިންގެ ހިޔާލު