އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާޢު ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު އެމްބެސެޑަރ ޒެންގ ލިޒޮންގ އަށް ވަރަށް ހުތުބަސްތައް ރައްދު ކުރައްވައި ރުޅިވެރިކަމާއެކު ރައްދެއް ދެއްވައިފިއެވެ.

ބެލެވޭ ގޮތުގައި އޭނާ ޗައިނާ ސަފީރަށް މިފަދަ އިހާނެތި ހުތުރު ބަސްތައް ރައްދު ކުރެއްވީ އިދިކޮޅު ފަރާތްތަކުން މިއަދު ފެތުރި ޚަބަރަކާއި ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފައިވަނީ ކޯވިޑް 19 އާއި ގުޅިގެން ޗައިނާއިން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއި ބޭހުގެ އެހީއެއް ރާއްޖެއަށް ފޮނުވަން އެދުމުން ސަރުކާރުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޝިފާއު ސަފީރަށް ޓެގް ކުރައްވައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމުން ދޭތެރެ ޖައްސަން ދޮގު ޚަބަރު ފަތުރާއިރުވެސް އެމްބެސެޑަރ ހަނު ހުންނަވާ ކަމަށެވެ. އަދި ސަފީރަކީ މިކަމަށް ހިތްވަރުދެއްވާ ބޭފުޅެއް ކަމަށްވެސް އޭނާ ސިފަކުރައްވާފައި ވެއެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށީ ޗައިނާއިންކަމުގައި ވިދާޅުވެ މި ބައްޔަކީ ޗައިނާއިން ފެތުރި ބައްޔެއްކަން ސިފަވާ ގޮތަށް އެކަމާ ކަންބޮޑުވާކަން ހާމަކޮށް އޭނާގެ ޓްވީޓްގައި ޗައިނާގެ ސަފީރަށް އިނގިލި ދިއްކުރައްވާފައި ވެއެވެ.

“ފިނޑިއެއް ފަދައިން ފިލާ ނުހުރެ ނުކުމެ މިކަން ސާފުކޮށްދީ” ޝާފިޢުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޝާފިޢުގެ ޓްވީޓަށް ވަރަށް ބޮޑަށް ފާޑުކިޔާ ގިނަ ބަޔަކު ރައްދުވެސް ދީފައި ވެއެވެ. މިގޮތުން ޝާފިޢު މުހާތަބު ތިޔަ ކުރަނީ ރާއްޖޭގައި ހުންނެވި ޑިޕްލެމެޓިކް ބޭފުޅަކާ ކަމަށާއި މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އެހާ ދަށު ދަރަޖައަށް ވެއްޓުމަކީ ލަދު ގަންނަން ޖެހޭނެ ކަމެއް ކަމުގައިވެސް ބައެއް މީހުން ބުނެފައި ވެއެވެ. ޝާފިޢު ފަދަ ބޭފުޅަކަށް ސަފީރު ޖަވާބުދާރީވާން ނުޖެހޭނެ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު މިހާ ދަށު ދަރަޖައަކަށް ވެއްޓި ވަޑައިގެން ރާއްޖޭގައި ހުންނަވާ ބޭރުގެ ސަފީރަކާއި މިހާ ހުތުރު ބަސްތަކުން މުހާތަބު ކުރައްވާފައިވާއިރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސަކީވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދު އިންޑިޔާއަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ޗައިނާއަށް ރައްދުވާ ގޮތަށް ތުހުމަތުތައް ކުރައްވާކަން ފާހަގަކޮށްލެވެއެވެ. ނަޝީދުގެ މިފަދަ ތުހުމަތު ތަކަށް ޗައިނާ ސަފީރު ވަރަށް ސާބިތުކަމާއެކު ރައްދު ދެއްވާކަންވެސް ފާހަގަ ކުރެވެއެވެ.

ޗައިނާއިން ރާއްޖެއަށް އެހީއެއް ދޭން އުޅުމުން އެކަމަށް ސަރުކާރުން ނޫނެކޭ ބުނެފައިވޭތޯ އެހެން ޓްވީޓެއްގައި މީހަކު ސަފީރާއި ސުވާލު ކުރުމުން ސަފީރު ވަނީ އެ ޓްވީޓަށް އޭނާ ބޭނުންވި ގޮތަށް ޖަވާބު ދެއްވާފައެވެ. މި ޓްވީޓްގައި އެދިފައި ވަނީ “އާނއެކޭ ނުވަތަ ނޫނެކޭ” ވިދާޅުވެ ދެއްވުމަށެވެ. ސަފީރު ވިދާޅުވެފައިވަނީ ނޫނެކޭ އެވެ. ނަމަވެސް އެއީ ކޮން އެހީއެއްކަމެއް ކޮން އިރަކު ދޭން އުޅުނު އެހީއެއް ކަމެއް ޓްވީޓްގައި އަހާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން