ކޮރޯނާ ވައިރަހުން ފެތުރޭ ކޯވިޑް- 19، ރޯގާ ބަލިމަޑުކަމުން ރައްޚާތެރި ވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން މާލޭއާއި އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ފަތުރުވެރިން ގޮވައިގެން އެކްސްކާޝަން ދަތުރު ދިއުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މާލެއާއި މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލެއާއި ހުޅުމާލެއަށް ރިޒޯޓްތަކާއި ސަފާރީ ތަކާއި ގެސްޓް ހައުސް ތަކުން ބާއްވަމުން ގެންދާ އެކްސްކާޝަން ދަތުރުތައް މަނާކޮށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫކަރު ނެރުއްވާފައިވާ އަމުރު ޓެގް ކުރައްވައި މިނިސްޓަރ ޢަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި، ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެއްރަށުން އަނެއް ރަށަށް ނުވަތަ ސަފާރީ ތަކުން ރަށްރަށަށް ފަތުރުވެރިން އެކްސްކާޝަންއަށް ގެންދިއުން ހުއްޓާލެވިފައިވާ ކަމުގައި ހާމަކުރައްވާފައި ވެއެވެ. އަދި މިކަމުގައި ފަރުދީ ޒިންމާ އަދާކޮށްދެއްވުމަށްވެސް މިނިސްޓަރ އަލީ ވަހީދު އެދިވަޑައިގެންފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން، ޑިރެކްޓަރ ޖެނެރަލް ސޮއިކުރައްވައި ނެރުއްވާފައިވާ އަމުރުގައި ވަނީ މާލެއާއި މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލެ އަދި ހުޅުމާލެއަށް އެކްސްކާޝަންގެ ގޮތުގައި އެއްވެސް ރަށަކުން މީހުން އައުމާއި ދިއުން މިހާރުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގަވާފައެވެ. އަދި ކަމާބެހޭ އިދާރާތަކާއި ރިޒޯޓުތަކާއި ގެސްޓް ހައުސްތަކާއި ސަފާރީތައް އޮޕަރޭޓްކުރާ ފަރާތްތަކާއި އެކްސްކާޝަންތައް ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން މިއެންގުމަށް އަމަލުކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އަންގަވާފައި ވެއެވެ.
ރާއްޖޭގައި އާންމު ޞިއްހަތުގެ ކުއްލި ނުރައްކާ އިޢުލާން ކޮށްފައިވާތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިފަދަ ބާރުތައް ޤާނޫނުން ލިބިދެއެވެ. ޑިރެކްޓަރ ޖެނެރަލްގެ މި އަމުރުގައި، މިއަމުރު ނެރުއްވާފައިވަނީ ކޮރޯނާ ވައިރަސް (ކޯވިޑް-19) އިން ރައްކާތެރި ވުމަށް ޤާނޫނު ނަމްބަރު 7/2012، އާންމު ޞިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންކަން ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިބަޅެއްގެ ގޮތުން ޖުމްހޫރީ މައިދާނުގެ އިތުރުން މާލޭގެ ޕާކްތައް ވެސް ވަނީ އާންމުންނަށް ބަންދުކޮށްފައެވެ. މީގެއިތުރުން ސާފުތާހިރުކަމަށްޓަކާ އަޅާ ފިވަޅެއްގެ ގޮތުން މިސްކިތްތަކުގެ ކާޕެޓްތައްވެސް ނަގަން ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު