ހަލުއިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްއިން ޖެހޭ ކޯވިޑް-19، ރޯގާ ބަލިމަޑުކަން ޖެހުމުން ނުވަތަ އެބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތައް ފެންނަ މީހުން އެކަހެރިކޮށް ކަރަންޓީން ކުރި ނަމަވެސް އެމީހުންގެ ނަމެއް މީޑިޔާގެ ހެޑްލައިން ތަކަކަށް ނާރައެވެ. އަދި އެއްވެސް ޤައުމަކުން މިބަލި ޖެހޭ މީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެފަދަ މައުލޫމާތު ހާމަކޮށް އާންމު ކުރުމަކީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ޚިލާފު ކަމެކެވެ.
ނަމަވެސް މިއާއި ޚިލާފަށް ދުނިޔޭގެ މަޝްހޫރު ފަރާތްތަކަށާއި ސިޔާސީ ބޭފުޅުންނަށް ނުރައްކާތެރި ކޯވިޑް- 19 ޖެހުމުން ވެސް މިވަނީ މާ މޮޅު ކަމަކަށެވެ. އެފަދަ ފަރާތްތަކަށް މި ނުރައްކާތެރި ބަލިމަޑުކަން ޖެހުމުން އެމީހުންގެ މަޝްހޫރުކަން އިތުރުވެ މާ މޮޅުކަމަށްވަނީއެވެ. އެފަދަ މީހުން ބައްޔަށް ޕޮޒިޓިވްވި ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އަރައި އެމީހުންގެ މަޝްހޫރުކަން އިތުރުވަނީއެވެ. ބައްޔަށް ޕޮޒިޓިވް ވުމުން އެމީހުން އެކަހެރިކުރުމުން އެމީހުން އެބައްޔާއެކު ހޭދަކުރާ ގޮތް ވެސް ނޫސްތަކުން ވަރަށް މޮޅު ކަމަކަށް ވެގެން ގެނަސްދެނީއެވެ.
އެހެންވީމާ އެފަދަ މަޝްހޫރު ފަރާތްތަކަށް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ޖެހުމުން މާއާދަޔާ ޚިލާފު މަޝްހޫރުކަމެއް ލިބިގެން ދާކަމަށް މިހާރު މިވަނީ ގަބޫލުކުރެވެން ފަށައިފައެވެ. އެހެންވީމާ މުޅި ދުނިޔެއަށް ބިރުވެރި ވަބާއަކަށް ވެފައިވާ ކޯވިޑް-19 ގެ ވާހަކަވެސް މިހާރު މިވަނީ މަޝްހޫރު ތަރިންނާ މަޝްހޫރު ސިޔާސީ ބޭފުޅުންގެ ނަމާއެކު އިތުރު މަޝްހޫރުކަމެއް ހޯދައި މުޅިން އެހެން ހަރުފަތަކަށް ވާސިލުވެފައެވެ. ނަމަވެސް މިބަލީގައި އެތައް ބަޔަކު މިދުނިޔެ ދޫކޮށް ޤައުމުތަކުގެ އިޤްތިޞާދު އިނދަޖެހުމަކީ ހަމަގައިމުވެސް އެޤައުމު ތަކުގެ ރައްޔިތުންނަށް މާ އުފާވެރި ހިތްހަމަޖެހޭ ޚަބަރަކަށް ނުވާނެކަން ކަށަވަރެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ދުނިޔޭގެ ބޮޑެތި މީޑިޔާތަކުން ޖާގަ ހޯދާފައިވާ މިފަދަ ޚަބަރުތަކުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ކޮނޑަކޮނޑު ޖައްސައިގެން ފޮޓޯއެއް ނަންގަވައި އެދަތުރަށްފަހު ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން މީޑިޔާތަކުން ޖާގަ ހޯދި އެއް ބޭފުޅަކީ ބްރެޒީލްގެ ރައީސްގެ ކޮމިއުނިކޭޝަން ޗީފް ފާބިއޯ ވަނޖްގަރޓެންއެވެ. މިކަން ދުމިޔޭގެ މަޝްހޫރު މީޑިޔާތަކުން ރިޕޯޓު ކުރުމުން އެއީ މާބޮޑުކަމެއް ނޫންކަމަށް ވިދާޅުވެ އޭނާއާއެކު އެއްތަށީމަތިން ކޭންބައްލަވައި ވަރަށް ކައިރީގައި ތިއްބަވައިގެން ވާހަކަ ދެއްކެވި ކަމުގައި ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ނުދައްކަވަން މަސައްކަތް ކުރެއްވި ނަމަވެސް ޓްރަމްޕް އެކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައި ބައެއް ނޫސްތަކުން ހާމަކޮށްފައި ވެއެވެ. އަދި މިކަމާއި ގުޅިގެން ޓްރަމްޕް ޓެސްޓްކޮށް އެކަހެރި ކުރުމަށްވެސް ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ.
މަޝްހޫރު ފުޓްބޯޅަ ކްލަބް، އާސެނަލްގެ މެނޭޖަރ މިކެލް އަރްޓެޓާ ކޯވިޑް-19 އަށް ޕޮޒިޓިވް ވާހަކަ އަކީ ވެސް ދުނިޔޭގެ މަޝްހޫރު މީޑިޔާތަކުގެ ފަލަސުރުޚީތަކުން ޖާގަ ހޯދި ވާހަކައެކެވެ. އަރްޓެޓާއާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ޗެލްސީގެ ކުޅުންތެރިޔާ ހަޑްސަން އޮޑޯއި ވެސް ވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. މިއީވެސް ހަމަ ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯދި ޚަބަރެކެވެ.
ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ގްރެގްއާރ ޓްރޫޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރަކީ މިހާރުވެސް ދުނިޔޭގެ މަޝްހޫރު މީޑިޔާތަކުގެ ފަލަސުރުޚީތަކުން ޖާގަހޯދަމުން އަންނަ މަޝްހޫރު ވާހަކައެކެވެ. ސޯފީ ޕޮޒިޓިވް ވީ އިނގިރޭސި ވިލާތަށް ކުރެއްވި ޒިޔާރަތަކަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވި ފަހުންނެވެ.
މީގެއިތުރުން ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން ރިޓާ ވިލްސަން ކޯވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރަކީވެސް މިހާރުވެސް މީޑިޔާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންދާ ޚަބަރެކެވެ. މިޚަބަރު އާންމުކޮށްފައިވަނީ އެކަޑަމީ އެވޯޑްވެސް ހޯދާފައިވާ ޓޮމް ހޭންކްސްއެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވުމަށްފަހު އެދެމީހުން އެކަހެރިވެގެން ދުވަސްތައް ހޭދަކުރަމުންދާ ގޮތުގެ މައުލޫމާތުވެސް މީޑިޔާތަކާއި ދަނީ ހިއްސާ ކުރަމުންނެވެ.
އެންމެ ފަހުން މިއަދު މީޑިޔާގެ ފަލަ ސުރުޚީތަކަށް އެރި ޚަބަރަކީ އޮސްޓްރޭލިޔާގެ ހޯމް މިނިސްޓަރ ޕީޓަރ ޑަޓަން ކޯވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރެވެ. އޮސްޓްރޭލިޔާގެ ހޯމް މިނިސްޓަރ ކީވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އެޤައުމުގެ މުޅި ކެބިނެޓް މިހާރު ވަނީ އެ ބަލިމަޑުކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބޮޑު ބަލިމަޑުކަމުގައި ދުނިޔޭގެ ރައްޔިތުން ހޭދަކުރަމުންދާ މި ހިތާމަވެރި ދަނޑިވަޅުގައިވެސް މަޝްހޫރު ފަރާތްތަކަށް މި ނުރައްކާތެރި ބަލި ޖެހުމުން ބޮޑު އުފާވެރިކަމަކަށް ބަދަލުވެ މީޑިޔާތަކުން ބޮޑެތި ސުރުޚީތައް ހަދަމުންދިއުމަކީ ހަމަ ހައިރާންވާ ވަރުގެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު