ދިވެހި ޤައުމާއި އިންސާނިއްޔަތަށްޓަކައި ހިލޭސާބަހަށް ކޮންމެ ޚިދުމަތެއް ކޮށްދިނުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަންގެ މަޤާމުވެސް އަދާކުރައްވާފައިވާ މޫސަ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މޫސަގެ ޓްވީޓްގައި ރައީސުލްޖުމަހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެނަމަ، މިހާރު ކުރިމަތިވެފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތުގައި ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށް ރައްޔިތުން ތިބީ ތައްޔާރަށްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ސިޔާސީ ޕާޓީއެއްގެ ބަސް މުހިއްމުނޫން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މޫސަގެ މި ވާހަކަތަކަށް ސާބަސް ދީ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވައި މޫސަ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީ އަޅުގަނޑުމެން އެންމެންގެ ދިވެހިޤައުމުކަމަށެވެ. އަދި މިއަދު ސާބަސްދޭންވީ އޭނާއަށް ނޫންކަމަށާއި، ސާބަހާ ތަޢުރީފުގެ ޙައްޤުވެރިންނަކީ ޢާއިލާއާއި ދުރުގައި އަމިއްލަދިރިއުޅުމަށްވުރެ ޤައުމު އިސްކޮށް މަސައްކަތް ކުރަމުން ގެންދާ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، މިވަގުތު ސިޔާސީ މައިދާނުން އެއްފަރާތްވެ ހުންނެވި މޫސަގެ ޓްވީޓްގައި ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިވުމަށް ނުކުންނެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު