އަނަންތަރާ ދިގުން ކޯވިޑް-19 އަށް ޝައްކުވެގެން ޓެސްޓްކުރި މީހާ ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވައަކަށް އަރައިފިއެވެ.
އެޗްޕީއޭން ބުނީ އަނަންތަރާ ދިގުން ޕޮޒިޓިވް ވީވެސް ބިދޭސީއެއް ކަމަށެވެ. މި މީހާއާއި އެކި ގޮތްގޮތުން ގުޅުންހުރި އެގާރަ މީހަކު އެކަހެރިކުރެވި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު ރާއްޖޭގައި މިހާރުވަނީ އާންކު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ އެންމެންނަކީވެސް ބިދޭސީންނެވެ. މީގެތެރޭގައި ރިޒޯޓުތަކުގައި މަސައްކަތް ކުރާ މީހުންނާއި ފަތުރުވެރިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު