ހިނގަމުން މިދާ 21 ވަނަ ގަރުނު ނިމޭއިރު ދުނިޔޭގެ ވަރަށް ގިނަ ބަސްތައް އުވޭނެ ކަމަށް، ބަހުގެ މާހިރުން ހާމަކުރައްވައެވެ. މައިކަލް ކުރޫސް (1992) ހާމަކުރައްވާގޮތުގައި 21 ވަނަ ގަރުނު ނިމޭއިރަށް ދުނިޔޭގެ މީހުން ވާހަކަދައްކާ ބަސްތަކުގެ ތެރެއިން 90 އިންސައްތަ ބަސް ނެތިގެންދާނެއެވެ. މި މުއްދަތުގެ ތެރޭގައި 3176 ބަހެއް، މަރުވެ ނެތިދާނޭކަމަށް، ބަހުގެ މާހިރުން އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، މަރުވެ ނެތިދާނޭކަމަށް އެ ބަޔާންކުރައްވާ ބަސްތަކުގެ ތެރޭގައި ދިވެހިބަސް ހިމެނިދާނެ ކަމާމެދު އުފެދޭ ސުވާލެވެ.
އާދޭހެވެ. އަދުގެ ހާލަތަށް ބަލައިފި ނަމަ މިކަން ވުން ގާތޭ ބުނެވޭ ވަރަށް ބާރުލިބޭ ކަންކަން އެބަ ފެނެއެވެ. ފުރަތަމަ ކަމަކަށް ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރައްޔިތުން އެ ބަހަކަށްޓަކައި ފަހުރުވެރިވާ މާދަރީބަހަށް ވާއިރު، މި ބަސް ބޭނުން ކުރަނީ ހަމައެކަނި ދިވެހިންނާއި ދިވެހިރާއްޖޭން "ފޭރިގަނެފައިވާ،" އަދު އިންޑިއާގެ ބައެއްގެ ގޮތުގައި އޮތް މަލިކުގެ ލޮބުވެތި ރައްޔިތުން އެކަންޏެވެ. ބަސްބޭނުންކުރާ ފަރާތުން އެ ބަހާ މެދު އިހުމާލުވާ ނަމަ ބަސް ނެތުމުގެ ފުރުސަތު އޮންނާނެކަމީ ދުނިޔެ ދެކޭ ހަގީގަތެކެވެ.
ރަނގަޅެވެ. ދިވެހިން މިވަނީ ދިވެހިބަހާމެދު ވަރަށް ބޮޑަށް އިހުމާލުވެފައެވެ. ފެންނަމުންދާ ހަގީގަތަކީ ދިވެހިބަހުގެ މައްޗަށް ބޭރުގެ ބަސްތައް ގަދަވެފައިވާ ކަމެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަ ކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ޙިމާޔަތްކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް، އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމުގެ މަޤުޞަދުގައި 2011 ވަނަ އަހަރު ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނެއް މިވަނީ ތަޞްދީޤުކޮށްފައެވެ.
ރަސްމީ ހުރިހާ ލިޔެކިޔުންތަކެއްގައި ދިވެހިބަހަށް އިސްކަންދީ، ރަސްމީ ހުރިހާ މުއާމަލާއެއްވެސް ދިވެހިބަހުން ކުރުމަށް މި ޤާނޫނު ލާޒިމުކުރެއެވެ. ކަން މިހެން އޮތް ނަމަވެސް ޤާނޫނަށް އިހުމާލުވާ ފަރާތްތަކާމެދު ފިވަޅެއް އެޅޭނޭ ގޮތެއް ނެތެވެ. އަދި އެކަންކަން ބެލުމަށް އުފައްދާފައިވާ މުވައްސަސާތަކަކަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރެއްވެސް ދީފައެއް ނުވެއެވެ. އެހެންކަމުން ޤާނޫނެއް އޮތްކަމުގައި ވިޔަސް ޤާނޫނަށް ޢަމަލުކުރަނީ ވަރަށް މަދު މުވައްސަސާއަކުންނެވެ. މިކަމުގެ ސަބަބުން ޤާނޫނުން ދިވެހިބަސް ރައްކާތެރިވެ ދިރިދެމިއޮތުމަށް އޮތް ފުރުޞަތު ހަނިވެއެވެ.
ބަހެއް އުވިގެން ދިއުމަށް ތަފާތު ތިން މަރުހަލާއެއް ކުރިމަތިވާކަމަށް ޔުމްނާ މައުމޫން (2001) ހާމަކުރައްވައެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި އިޤްތިޞާދީ އިޖުތިމާޢީ ސަބަބުތަކަށްޓަކައި ބޭރުބަހެއް ދަސްކުރަން ދަރީންނަށް މަޖުބޫރުކުރެވި، މުޖުތަމަޢުގެ އާދަކާދަތަކުގެ ސަބަބުން މާދަރީ ބަސް ބޭނުންކުރުމަށް ފިއްތުންތަކެއް ކުރިމަތިވެ، އަމިއްލަ މާދަރީ ބަހަށް ވުރެ ދެވަނަ ބަހަށް ދެވޭ އަހައްމިއްޔަތު އިތުރުވެއެވެ.
ދެވަނަ މަރުހަލާގައި އަމިއްލަ މާދަރީ ބަހާއި ދެބަހުން ވާހަކަދައްކަންފަށާ، ދެބަހަށް އެއްވަރަށް ކުޅަދާނަ މީހުން އުފެދި އިތުރުވެއެވެ. ތިންވަނަ މަރުހަލާގައި މި ދެބަހުގެ ތެރެއިން މާދަރީބަހަށް ދެވޭ އަހަމިއްޔަތު ކުޑަވެ، ދެވަނަބަހުގެ ނުފޫޒު ގަދަވެއެވެ.
މަރުހަލާތަކާ ދިވެހި ބަހާ އަޅާބަލާއިރު، ދިވެހި ބަސް މި މަރުހަލާތަކުގައި އޮތްކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދިން ނަމަވެސް ގިނަ މާއްދާތައް ކިޔަވައިދެނީ ބޭރުގެ ބަސްތަކުންނެވެ. ޒަމާނަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ގުޅިގެން، ބޭރުގެ އެހެނިހެން ބަސްތަކުގެ ނުފޫޒު ދިވެހިބަހަށް އަންނަނީ ފޯރަމުންނެވެ. މީގެ ހެއްކަކަށް ވާހަކަ ދެއްކުމުގައި އިނގިރޭސި ލަފްޒުތައް އިތުރުވުމާއި، ބަހުގެ ދަރަޖަތަކާއި ޤަވާޢިދާއި ޚިލާފަށް ވާހަކަދެއްކުމާއި، ދިވެހިބަހުން ރަނގަޅު މަޒުމޫނެއް ނުވަތަ ލިޔުމެއް ލިޔަން ނޭނގުން ފުދެއެވެ.
މަދަރުސާތަކުގައި ކިޔަވައިދޭ ގިނަ މާއްދާތައް އެކުލަވާލާފައިވަނީ އިނގިރޭސިބަހުން ކަމުން، ދަރިވަރުން ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް ހުންނަ ޝައުޤު އިތުރުވެގެން ދެއެވެ. މީގެ އިތުރުން ޚުދު މަދަރުސާތަކުގައިވެސް ދިވެހިބަހުން އިންތިޒާމްކޮށް ރާވާ ޙަރަކާތްތައް މަދުވުމަކީ ވެސް ބަހަށް އަހައްމިއްޔަތުކަން ދޭން ދަރިވަރުން ފަސް ޖެހޭ ކަމެކެވެ. މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންގެ ކިބައިން ދިވެހިބަހަށް ހުންނަ ލޯބި ދުވަހަކަށް ވުރެ ދުވަހެއް ކުޑަވަމުން ދިއުމަކީ މިއަދު ދިވެހި ބަހުގެ މާހިރުންވެސް މިކަމާ ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ.
ދިވެހިބަސް އުވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާން ފެށުމުން، ސަރުކާރުން އިސްނަންގަވައިގެން މި ފާއިތުވި އަހަރުތަކުގެ ތެރޭގައި ތަފާތު މަސައްކަތް ކޮށްފައި ވެއެވެ. މިގޮތުން ދިވެހި ބަހަށް އަހުލުވެރި ކުރުމަށްޓަކައި ބައެއް ޕްރޮގްރާމްތަކާއި ކްލާސްތައް ހިންގާފައިވެއެވެ. ދިވެހިބަހުގެ ޢިލްމުވެރީންގެ އަރިހުން އެދިގެން ފޮތްތަކާއި، ނޫސް މަޖައްލާ ތައްޔާރު ކޮށްފައިވެއެވެ. އަދި ކުރިޔާއި ޚިލާފަށް ބަހާއި ބެހޭ ގޮތުން ދެވޭ މަޢުލޫމާތާއި ތަޢުލީމް އިތުރު ކުރެވުނެވެ.
ނަމަވެސް، މިގޮތަށް ދެވޭ ތަޢުލީމުގެ މާ ބޮޑު ކުރިއެރުމެއް ފެނިގެނެއް ނުދެއެވެ. ސަބަބަކީ ތާރީޚީ މި ބަސް ބޭނުންކުރުމުގައި ގިނަ ދިވެހީން އިހުމާލުވެ، ބަހުގެ މުއްސަނދި ހަމަތަކާއި އުސޫލްތަކަށް ބެލުމެއްނެތި ވާހަކަދެއްކުމެވެ. ބަހުގެ ދަރަޖަތައް ބޭނުންކުރުމުގައި އެއްވެސް ވަރަކަށް ފަރުވާ ނުބެހެއްޓުމަކީ މިބަހަށް އިހުތިރާމް ނުކުރާކަން ހާމަވާ ކަމެކެވެ.
ޑޭވިޑް ކްރިސްޓަލް ވިދާޅުވާ ގޮތުގައި ބަހެއް މަރުވުމަށް ތަފާތު ސަބަބުތައްވެ އެވެ. އެ ސަބަބު ތަކަކީ ގުދުރަތީ ކާރިސާއެއްގެ ސަބަބުން އެ ބަހުން ވާހަކަ ދައްކާ އެއްމެން ނެތި ދިއުން، ޒުވާނުން ބަސްބޭނުން ކުުރުން މަދުވުން، އަޅުވެތި ކުރުން، އެހެން ބައެއްގެ އަޅުވެތިކަމަށް ދާން ޖެހުން، ތައުލީމީ ނިޒާމުގައި ކިޔައިވެދޭ ބަސް އެހެން ބަހަކަށް ބަދަލުކުރުން، ޕްރައިމަރީ ގްރޭޑްތަކުގައި އެ ބަސް ކިޔަވައި ނުދިނުން، ސަގާފަތަށް ނުވަތަ މީހުންގެ ވިސްނުމަށް އަންނަ ބަދަލުގެ ސަބަބުން އެބަހަކަށް ސަމާލުކަން ނުދިނުން، އަހުލުވެރިން ދެވަނަ ބަަހަކަށް ބޮޑަށް ސަމާލުކަން ދިނުން އަދި ސަރުކާރުގެ ރަސްމީ ލިޔުންތައް ދެވަނަ ބަހަކުން ހުރުން މިއެވެ. މި ސަބަބުތަކާއި ރާއްޖޭގެ ބަހުގެ މިހާރުގެ ހާލަތާ ގުޅުވާލުމުން ދިވެހި ބަހުގެ ހާލަތު ތަަސައްވަރު ކުރެވޭނެ އެވެ.
މިއަދު ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އަދި ވާހަކަދައްކަނީ އިނގިރޭސި ބަހުން ކަމަށާއި އެއީ ދިވެހި ބަހާމެދު ވިސްނާ ނަމަ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެފައި ވެއެވެ. ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިިނިސްޓަރު ޔުމްނާ ދެއްވި ހިތޯބުގައި ވިދާޅުވީ އިނގިރޭސި ބަހުން ވިސްނައި ވާހަކަ ދެއްކުމުގެ އާދައަކީ ދިވެހި ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ކަމަށާއި ދިވެހި ބަސް ރައްކާތެރި ކުރަންޖެހޭ ކަމަށެވެ. ދިވެހި ބަސް ރައްކާތެރިކުރެވޭނީ ބަހާ މެދު އާންމުން ދެކޭގޮތް ބަދަލުކޮށް ބަހަށް އިޖާބަދޭގޮތްވެސް ބަދަލުކޮގެން ކަމަށް ޔުމްނާ ވިދާޅުވިއެވެ. ތެދެކެވެ. ދިވެހިބަހަށް ރައްކާތެރިވާން އެބަ ޖެހެއެވެ. ނޫނީ މަރުވެ ނެތިދިއުމަކީ ވެދާނެ ކަމެކެވެ.
ދިވެހި ބަހުގެ އެކަޑަމީއޭ ކިޔާ ތަނެއް ހުއްޓަސް އެތަން ހުރިކަން އެނގޭ ބަޔަކު މިގައުުމުގައި މަދެވެ. އެތަނުން ކުރަނީ ކޮން ކަމެއްހޭ ބުނެ ސުވާލު ކުރަން ޖެހޭ ބައިވަރު ސަބަބެވެ. ކިޔަވާ ކުއްޖަކު ދިވެހި ބަހުގެ ޑިކްޝަނަރީއެއް، ނޫނީ ރަދީފެއް ހޯދަން ދާނެ ތަނެއްވެސް މިއަދާއި ހަމައަށް ވެސް އެނގިފައި ނެތުމަކީވެސް އެއް ސަބަބެވެ. އިއްޔެއާއި ޖެހެންދެން ވެސް ބޮލި ފޮންޓު ނޫން ފޮންޓެއް މައިކްރޮސޮފްޓްގައި ޑީފޯލްޓްކޮށް ހިމެނިފައި ނުވުމެވެ. ދިވެހިބަހުގެ ރަސްމީ ކީ ބޯޑެއް އަދިވެސް އެކަޑަމީއަކަށް އުފެއްދިފައެއް ނެތުމެވެ. ފޯނަށް އިންސްޓޯލްކޮށްލާނެ ރަނގަޅު ރަދީފް އެޕެއްވެސް ތަރައްގީ ކުރެވިފައި ނެތުމެވެ. އަދިވެސް މިފަދަ ބައިވަރު އެތައް ސަބަބުތަކެވެ.
ކުރީގައި ސިޔާސީ ގޮތުން ބުނެ އުޅުނީ ދިވެހި ބަހާ ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒު ކިޔާފައި ބަހަށް ޚިދުމަތްކުރާ، ބަސްކުރިއަރުވާ ތަނެއް އުފެއްދީ ވަކި ބޭފުޅެއްގެ ގަޔަށް ހެއުވަރުކޮށް އުފަށްދާފައިވާ ކޯޓެއް ގޮތަށް ކަމަށެވެ. ހަމަ އެގޮތަށް މިހާރު މިފެންނަ ބަހުގެ އެކަޑަމީއަކީ ވެސް ވަކި ބޭފުޅެއްގެ ގަޔަށް ހެއުވަރުކޮށް ބަޔަކު ފަހާދީފައި ވާ ކޯޓެކެވެ. ކިތަންމެ ސަރުކާރެއް ބަދަލު ވިޔަސް އަދި އެތަނުން ކުރާކަމެއް ހަތް ހަރާމުން ހަރާމަސް އެ ކޯޓު ހެއުވަރުވާ އެހެން ހަމަ އެކަކުވެސް މިގައުމަކު ނޫޅެއެވެ. އެހެންވީމާ އަޅުގަނޑުމެންގެ ވެރިންނަށް ހޭއަރާނީ ބަސް މަރުވެގެން ވަޅުލާފައި އިއިސް އެތައް ދުވަހެއްވެ ސާޅީހަށް ކައްކައި ހަދާވެސް ފަހުންކަންނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު