މިހާރު އެންމެ ގަދަޔަށް އައްޑޫ ސިޓީގައި ދެކެވޭ ވާހަކައަކީ ތިނަދޫގެ މެމްބަރު ޢަބުދު ﷲ ސަނީފު މަޖިލީހުގެ ތަޅުމުގައި އައްޑޫއާއި ބެހޭގޮތުން ވިދާޅި ބަސްކޮޅާއި މެދު އެއްބަޔަކު އަނެއް ބަޔަކަށް އެކި ފޯރަމްތަކުގައި ފާޅުކުރަމުން އަންނަ ޚިޔާލާއި ބަހުސެވެ. އެއްބަޔަކު ގަބޫލު ކުރާގޮތުން އައްޑޫގެ މައިގޭޓުގައި ސަނީފު ޓަކި ޖެއްސެވުމާއެކު އައްޑޫގެ ގިނަބަޔަކު ނިދިން ހޭލެވިއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ސަނީފު ދެއްކެވި ވާހަކައާއި މެދު ގިނަބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަމާއި ވިދިގެން އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންނެވެ. މިހާރު ދެއަތޮޅުގެ މެދުގައި އެއްބަޔަކަށްވުރެ އަނެއް ބަޔަކު މޮޅުކަމަށް ދައުވާކޮށް އެރޭހުގެ ކުރީގައި އުޅެނީ އެބަޔަކު ކަމަށް ވަކާލާތު ކުރާ ހިސާބަށް މަޝްރަޙު ވަނީ ހޫނުވެފައި ކަމަށް ބެލެވެއެވެ. އެންމެ ފަހުން އައްޑޫ ސިޓީގެ މޭޔަރު ޢަބްދު ﷲ ސާދިގުވެސް ވަނީ މިފަދަ މޭރުމަކުން "ވަގުތު" ހޭރިޔާ ޓީމާއި އެކު ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވާފައެވެ.

އެހެން ކަމުން މިހާރު ހަގީގަތުގައިވެސް ޢަބުދު ﷲ ސަނީފު ދެއްކެވި ވާހަކައަށް ބަލައި ލުމަކީ މުހިއްމު ކަމަކެވެ. އައްޑޫ ސިޓީގެ ގިނަ ބޭފުޅުން ގަބޫލު ކުރައްވަނީ ސަނީފު ޖަޒުބާތުގައި ޖެހިވަޑައިގެން އައްޑޫއަށް ކުޑައިމީސް ބަސް ބުނި ކަމަށެވެ. ސަނީފުގެ ދާއިރާ ތަރައްގީ ކުރުމަށް ކިތައްމެވަރަކަށްވެސް ވާހަކަ ދެއްކެވިދާނެ ކަމަށާއި ނަމަވެސް އެހެން ސަރަޙައްދެއްގެ ވާހަކަ އެފަދަ މޭރަމަކުން ދެކެވިގެން ނުވާނެ ކަމަށެވެ.

ސަނީފު އެބަހުސުގައި އައްޑޫއަށް ނިސްބަތްކޮށް ވިދާޅުވީ، "އިނގިރޭސިން، އެބޭފުޅުން ހަނގުރާމައަށް ހެދި އެއަރބޯޓެއް ކިތައްމެ ވަރަކަށް އަޅުގަނޑުމެން ތަރައްގީ ކުރަން އުޅުނަސް ނުވާނެ. ދިވެހި ރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަގޮތަށް އިގްތިސާދު ފުޅާ ކުރެވޭނެ ގޮތަށް. ކީއްވެގެންތޯއޭ ދިވެހިރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް މިކަން ނުކުރައްވަން މިއުޅެނީ، ގަދަބާރުން އޮބިއަޅައިގެން ކިތައްމެ ވަރަކަށް ތަރައްގީ ގެންނަން އުޅުނަސް ތަރައްގީ ނުގެނެވޭނެ." މިހެންނެވެ.



ހަގީގަތަކީ އައްޑޫ ގަމުގައި އެއޮތް އެއަރޕޯޓުގެ އަސްލަކީ އިނގިރޭސިން މިލިޓަރީ ބޭނުމަށް އަޅާފައިވާ ތަނެއް ކަމެވެ. އިނގިރޭސިން ގަމުން ފޭބި ދުވަހުން ފެށިގެން އެއެއަރޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށް އައްޑޫގައި ފަތުރުވެރިކަން ފަށައި ގަތުމަށް އައްޑޫގެ ރައްޔިތުން އަންނަނީ ނިހާޔަތަށް އެދެމުން އެކަމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭނެ ފަހިމަގެއް އަދިވެސް ވަނީ ކޮށާނުލެވިފައެވެ. އެންމެ ފުރަތަމަ ފްލައިޓް ޖައްސަން ވެގެން ރައީސް މައުމޫނުގެ ޒަޢާމަތުގައި މުޅި އެއަރޕޯޓުގައި ބޮކިތައް ބަދަލުކޮށް އަދި އާބޮކިތައް ޖަހާ މުޅިރަންވޭ ދިއްލާ ލެވުނެވެ. އެހާ ހިސާބުން އައްޑޫ ރައްޔިތުން ގަބޫލު ކުރީ އިސާހިތަކު އިންޓަނޭޝަނަލް ދަތުރުތައް ފެށިގެން ހިނގައިދާނެ ކަމަށެވެ.

ނަމަވެސް އެކަމެއް ނުކުރެވުނެވެ. ދެން ވަކާލާތު ކުރެވުނީ ޕަސިންޖަރުންނަށް ޚިދުމަތްދިނުމަށް އެކަށީގެންވާ ޓާމިނަލެއް އެތަނުގައި ނެތުމުގެ ސަބަބުން އިންޓަނޭޝަނަލް ނުކުރެވިގެން އުޅޭކަމަށެވެ. އެކަންވެސް ރައީސް މައުމޫނުގެ ދިގު ޒައާމަތުގެ ފަހުކޮޅުގައި ކުރެއްވިއެވެ. އެކަށީގެންވާ ޓާމިނަލެއް ހަދާ އިންޓަނޭޝަނަލް ބޯޑެއް ޖަހާ އެގޮތުގައި އެތަން ހުޅުވުނެވެ.

އެހިސާބުން ފެށިގެން މިއަދާއި ހަމައަށްވެސް އެއީ ހަމަ އިންޓަނޭޝަނަލް އެއަރޕޯޓަކެވެ. ދޭތެރެ ދޭތެރެއިން އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސިއެވެ. ނަމަވެސް އެކަން އިތުރަށް ކުރިއަށް ގެންދެވޭނެ މަގެއް ނުފެނި ހުއްޓުނީއެވެ. ނަމަވެސް އެތަނުގައި ޕާކު ކުރުމަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސަން ފެށިއެވެ. މާމިގިލީ އެއަރޕޯޓާއި އަދި މާފަރު އެއަރޕޯޓު ހުޅުވުމުން އެކަންވެސް ހަމަ ހުއްޓުނީއެވެ. ސަނީފު ވިދާޅުވިހެން އެކަން ވެސް ތޮޅިޔަށް ދިޔައީ ހަމަ ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ.

އެކަން އައްޑޫ ސިޓީގެ ރައްޔިތުން ގަބޫލެއް ނުކުރައްވައެވެ. ދެންވަކާލާތު ކުރީ އެތަނުގެ ރަންވޭ މާ ކުޑަވީމަ ކަމަށެވެ. އޭ 380 ފްލައިޓް ޖެއްސޭނެ ގޮތެއް ހަދަން ޖެހޭކަމަށެވެ. ރައީސް ޑރ. ވަޙީދުގެ ޒަޢާމަތުގައި އެކަންވެސް އެއޮތީ ކޮށްފައެވެ. ސަނީފު ވިދާޅުވާހެން ގަދަބާރުން އޮބިއަޅާއިގެން ކުރިޔަސް އެކަން ކުރެވޭނެ ވަސީލަތެއް އައްޑޫގައި ގާއިމުވެފައި އަދި މިހާތަނަކަށް ނެތެވެ.

އައްޑޫ އެއަރޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓަކަށް އޮޕަރޭޓް ކުރެވޭނީ އައްޑޫގައި ވަސީލަތް ފުރިހަމަ ކޮށްގެންނެވެ. އެއީ ފަތުރުވެރި ކަމުގެ މާޙައުލެއް ޤާއިމު ކުރެވި އެފަދަ ވަސީލަތްތައް ގާއިމު ކޮށްގެންނެވެ. ނުވަތަ ޓްރެވެލް ޑެސްޓިނޭޝަނަކަށް އައްޑޫ ފައްކާ ކުރެވިގެންނެވެ.

ސަނީފުގެ ވާހަކައިން މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ސަނީފު ދައްކަވަނީ ދެއުޅި އެއްނުވާ ވާހަކަ ކަމަށް ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވުނަސް ކަމުގެ ހަގީ ގަތަކީ އެއީއެވެ. އަދި ސަނީފަކީ ރޯނު އެދުރެއް ކަމަށް ބުނިކަމުގައި ވިޔަސްވެސް ކަމުގެ އަސްލަށް ބަލާއިރު ރޯނު އެދުރުން އެންމެ ގިނަކަމަށް ފާހަގަ މިވަނީ އައްޑޫގައެވެ. އިގްތިސާދީ ތަރައްގީ އެތަނަކަށް އަންނާނީ ހަގީގަތުގައިވެސް އެތަނުގައި ހުރި ވަސީލަތެއްގެ މައްޗަށް ބިނާކޮށެވެ.

ކޮންމެ ބަޔަކު އައްޑޫ އަކީ ގުތުރަތީ ގޮތުން ވަރަށް ރީތި ތަނެކޭ ބުންޏަސް އެއީ އަދި ރަނގަޅު ވާހަކައެއް ނޫނެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަނީ "މޯލްޑިވްސް" އަށް އަންނަންވެގެން ނެވެ. ނަމަވެސް މޯލްޑިވްސް ބްރޭންޑްގެ އެއްވެސް އިޙްސާސެއް އައްޑޫގައި އަދި ނެތެވެ.

އެއަރޕޯޓުގެ ވާހަކަ ނުދައްކާ އައްޑޫ އަކީ ފަތުރު ވެރިންނަށް ކަމުދާނެ މާޙައުލެއް ގާއިމު ކުރަންޖެހޭ ވާހަކަ އެބަ ދައްކަން ޖެހެއެވެ. ނަމަވެސް ދެން މިކިޔަނީ އައްޑޫގައި ގެސްޓް ހައުސް އަޅާވާހަކަ އެވެ. އެހެނަސް މޯލްޑިވްސް ބެނާގެ ދަށުން ކިތައްމެ ވަރަކަށް ގެސްޓް ހައުސް އަޅައިގެން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން އުޅުނަސް އެކަން އެހާ ކާމިޔާބެއް ނުވާނެއެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެކި ގައުމުތަކަށް ދަތުރު ކުރަނީ އެމީހުން އަމިއްލަ ގޭގެ ކޮޓަރި ކުޑަވެގެނެއްވެސް ނޫނެވެ. އަދި ހަޑިވެގެނެއްވެސް ނޫނެވެ. ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން އަންނަނީ ގެސްޓްހައުސް އެއްގެ ރީތި ކޮޓަރިއެއްގައި ނިދާލާކަށެއްވެސް ނޫނެވެ. ރިސޯޓެއްގެ އަރާމާއި އުފާލިބިގަނެ ރާއްޖޭގެ ކަނޑުގެ ގުތުރަތީ ރީތިކަމާއި ރީތި ގޮނޑުދޮށްތަކުގެ ހުދު ދޮންވެލީގެ ހިތްގައިމުކަން ލިބިގަންނާށެވެ.

އައްޑޫ އަކީ މޯލްޑިވްސް ބްރޭންޑާއި މުޅިން ތަފާތު ތަނެކެވެ. އެހެން ކަމުން އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރަން ޖެހެނީ ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. ސަނީފު އައްޑޫގެ މައިގޭޓުގައި ޓަކި ޖެހިއިރުވެސް އެކަމަށް ވަކާލާތު ކުރާނެ ބަޔަކު ނެތެވެ. ނުވަތަ އެނގިހުރެމެ އެވާހަކަ ނުދައްކަވައެވެ. އެހެން ކަމުން ރޯނު އެދުރީ ހަމަ އައްޑޫ މީހުން ނޫންތޯއެވެ؟ ނޫންނަމަ މިވާހަކަ މިހާރު މާގިނައިން ދައްކަނީ އަނެއްކާވެސް އިންތިޚާބެއް ކުރިމަތި ވަމުން އަންނާތީ ނޫންބާވައެވެ؟

އައްޑޫގެ އިގްތިސާދީ ތަރައްގީގެ ވާހަކަ ވަރަށް ގިނައިން ސިޔާސީ ބޭފުޅުން ދައްކަވައެވެ. ދައްކަވަނީ ވަރަށް ތަފާތު ގޮތްގޮތަށެވެ. އެއްބަޔަކު ވިދާޅުވަމުން ގެންދެވީ އައްޑޫއަކީ ވަރަށް ތަޢުލީމީ ޤާބިލު މޮޅު މީހުން ދިރިއުޅޭ ތަނެއްކަމަށެވެ. ނަމަވެސް އެފަދަ ތަޢުލީމީ ބަޔަކު ވެރިކަމުގެ އިސްސަފުގައި އަދިވެސް ތިބޭތަނެއް ނުފެނެއެވެ. އަނެއްބަޔަކު ވިދާޅު ވަމުން ދިޔައީ ރާއްޖެ ތަރައްގީ ވުމަކީ އައްޑޫ ތަރައްގީ ވުމެވެ. މިވާހަކައަށް އައްޑޫ މީހުން އަތްޖެހީ ހަމަ ބާރަށެވެ. އެއީ ހަގީގަތްކަމަށް ގަބޫލު ކޮށް އެކަމަށް އިންތިޒާރު ކުރިއެވެ. ވީ ކަމެއް ހަރާމެވެ.

ދެން އިވެން ފެށީ ދެކުނު ފަތުރުވެރި ކަމުގެ ދޮރާއްޓަކީ އައްޑޫ އޭ ބުނެވިގެން ދިޔަ އަޑެވެ. އެވާހަކައަށް އަތްޖެހީ އަދި ކުރިއަށްވުރެން ބާރަށެވެ. މިހާރު އިވޭ އަޑަކީ ގުދުރަތީ ގޮތުން ރާއްޖޭގެ އެންމެ ރީތީ އައްޑޫއޭ ބުނާއަޑެވެ. މިއީ ހަމަ ހަގީގަތްތޯއެވެ؟ ނުވަތަ ސިޔާސީ ގޮތުން އައްޑޫ މީހުން ބޮލަށް ޗިޕް ޖައްސަވަނީ ތޯއެވެ؟

އައްޑޫގެ ރައްޔިތުން އެއަތޮޅުގެ ތަރައްޤީއަށް އެދި އެކަމަށް އިންތިޒާރު ކުރާތާ މިހާރު ސާޅީހަކަށް އަހަރު ވަނީއެވެ. އެކަމަށް އެކަށޭނަ ޕްލޭނެއް ހަދާ އެކަމަށް ވަކާލާތު ކުރާނެ މަޖިލީސް މެމްބަރެއްވެސް މިއަދާއި ހަމައަށް ނެތެވެ. އެބޭފުޅުން އުޅުއްވަނީ ވަކި ފިކުރަކަށް ތަބާވެ އެކަމަށް ވަކާލާތު ކުރައްވާށެވެ. ވަކި ބަޔަކު ވެރިކަމުގައި ނެތީތީވެ އައްޑޫގެ ތަރައްގީ މަޑުޖައްސާލިތަންވެސް ފެނިގެން ގޮސްފިއެވެ.

ލާމަރުކަޒީ އުސޫލުން އަބަދުވެސް އައްޑޫގެ ކައުންސިލަށް މިއުޅެނީ ބާރު ނުލިބިގެންނެވެ. އެހެނިހެން ސަރަހައްދުތައް ތަރައްޤީ އެވަނީ އެބާރު އޮވެގެންތޯއެވެ. ނުވަތަ ބަޔަކު އިޚްލާސް ތެރި ކަމާއެކު މަސައްކަތް ކުރުމުން ނޫންތޯއެވެ؟

ނަމަވެސް ސަނީފު އައްޑޫ މައި ގޭޓުގައި ނޭގި ނަމަވެސ ޓަކި ޖެއްސިވި ހިސާބުން ކޮންމެވެސް ވަރެއްގެ ރިހުމެއް އައްޑޫ މީހުންނަށް އައިހެން އެބަހީވެއެވެ. މިހާރު މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅާ ވިދާޅުވަނީ އައްޑޫ ތަރައްގީވާނީ 13-0 ގެ ނަތީޖާއެއް ލިބިގެން ކަމަށެވެ. މިއީ ރައްޔިތުންނަށް މިހާރު އާވާހަކައެއް ނޫނެވެ. މިއީ ކުރިންވެސް ކިޔަމުން އައި ލަވައެކެވެ.

ފަހުބަހަށް ބުނެލަން މިޖެހެނީ "ވެވޮކަހަ ވެއްނޭނެ، ވަށޮވެއްނޭނެ" މިއީ އައްޑޫގެ ތަރައްގީ ވާގޮތުގެ މިސާލު ބަހެކެވެ. މިބަހުގެ މާނަ އައްޑޫ ކޮންމެ ރައްޔިތަކަށްވެސް އެނގިލައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހިސާން

04-Dec-2020

މަކަރާއި ހީލަތްތެރިކަން އިންތިހާޔަށް ބޮޑުވުމުން ދައްކާވާހަކައެއް ވެދާނެ ޑީލް އެއްކަމަށްވެސް އައްޑޫގެ ވާހަކަމިތަނަށް ގެނެސް ފިތުނަ އުފެއްދީމަ ރައްޔިތުން ގުނބޯ ހެއްދުނީ މި މީހުންގެ ސަބަބުން ހުވަދު އަތޮޅަށް ލިބެނޖެހޭ ތަރައްގީ ވަޅުޖެހެނީ މީ ހަގީގަތް


8

ައައްޑޫ ބެއްޖާ

04-Dec-2020

ސަނީފް ދެއްކި ބައެއް ވާހަކަ ރަގަޅއެއް ނޫން އައްޑޫ އެއަރޕޯޓް ތަރައްގީކުރަން ސަނީފުގެ ޖީބުން ނުދާނެ އެންްެމެެ ލޯސެންޓެއް ެ އައްޑޫ އަތޮޅުން މޫދުން 5ރިސޯޓް ހަދަން ބިންހިކަން ހުވަދޫ އަތޮޅު ތިބި 10ރައްވިއްކަންނުޖެހޭނެ އެރައްތަކަކީ ހުވަދޫރައްޔިތުންގެ ރައްތައް އެކަން ކުއްވެރި ކުރަން


10

ާނާސިރު

04-Dec-2020

ސަނީފު ވާހަކަދެއްކި ގޮތާއި ރާގު މައްސަލައަކީ. ޢައްޑޫގައި ރީތި ފަރުތައް ވެސް އެބަހުރި. ޑެސްޓިނޭޝަން ވެސް އެބަހުރި. ކޮށްދިނީމާ ވާނީ. 13 _0 ދީގެން ކަމެއްވާނީ 7-0 ދ8ނީމާވެސް ވީކަމެއް ނެތް.


-11

އަބްދޫ

02-Dec-2020

ލިއުން ބަރާބަރު.ޓޫރިޒަމް ގެ މުސްތަގުބަލް އޮތީ ހުވަދުއަތޮޅުގަ .އައްޑޫ އެޢާޕޯޓަށް އައިސްފަ ިއިތުރު ފްލައިޓް ދަތުރަކަށްގެސްޓްމީހާ ބޭނުން ނުވާނެ.ވީމާ ތަރައްގީގެންންޖެހޭނީ ވަސީލަތްހުރިތަނަކަށް އެތަނެއް ތަރައްގީވީމަ ގައުމަށް އެކުގަ މަންފާ ކުރާނެ.ބޭކާރު ހަރަދުގިނަވަނީދޮގުހަދައިގެން ވޯޓް ހޯދުމަށް ކަންކުރެވޭތީ.


-9

ޙހ

01-Dec-2020

ފިތުނަ ފަސާދަޫފެދޭގޮތަށް ލިޔެފައިން ލިޔުމެއް.


17

ޙާމަ

01-Dec-2020

އައްޑޫ މާލޭ, މާލޭ އައްޑޫ ކުޅުދުއްފުށު މިނޫން ތަނަކު ރާއްޖޭގަ ރައްޔަތުން ނެތީތޯ. ޙާދަ ބޮޑުކަމެކޭ މިއީ. ނިކަން އާދެބަލަ މިފަހަރު މަގޭ ކައިރިޔަށް ވޯޓުހޯދަން. ބަލަ އައްޑޫރައްޔަތުން ނޫޅެއޭ އެތަން ތަރައްޤީ ކުރާކަށް. ޢެމީހުން ބޭނުންވަނީ ކިޔަވަން ކިޔަވައިގެން އޮސްޓުރޭލިޔާ ޔޫކޭ ކެނެޑާ ފަދަ ތަންތާގައި ދިރިއުޅެއް.


18

ކަމަނަ

30-Nov-2020

މަ ހަމަ ލަދަ


0

ދިރާސާ

30-Nov-2020

އައްޑޫގާ އުޅޭނީ ރާކޮހުންނެ. ސ ގާ މީހުން ގިނައެއްކަމަމު ހުވަދޫ އާ އަޅާ ކިޔާކަށް އައްޑޫ އަކީ ހަމަ ޒީރޯ


8

ޭެެެެއީނާ

30-Nov-2020

ތިބަހުގެ މާނަ އައްޑޫ މީހުނައް ކީއްވެ އެގެންވީ ތީ ފޯއްމޮލަކު ބަހެއް (ވެވަކަހަވެއްނޭ ވަޝޮވެއްނޭ)



ޓްރެންޑިން