ދުނިޔޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ދެކޮޅަށް ސާކްގެ ޤައުމު ތަކުގެ ވެރިން ގުޅިގެން މަސައްކަތް ފެށުމަށް އިންޑިޔާގެ ބޮދުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހުށައެޅުމަށް ދިވެހި ރާއްޖެއިން ފުރިހަމައަށް ތާޢީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 އާއި ދެކޮޅަށް ސާކްގެ ޤައުމުތަކުގެ ވެރިން ގުޅިގެން މަސައްކަތް ފެށުމަށް ހުށައަޅުއްވައި އިންޑިޔާގެ ބޮޑުވަޒީރުގެ މި އިސްނެންގެވުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ރާއްޖެއިން މި ހުށައެޅުއްވުމަށް މަރުހަބާ ވިދާޅުވެ މިކަމުގައި ފުރިހަމައަށް ތާއީދު ކުރައްވާކަން ރައީސް ޞާލިޙްގެ ޓްވީޓްގައި ހާމަކުރައްވާފައި ވެއެވެ.
ކޯވިޑް-19 އާއި ދެކޮޅަށް ސާކު ޤައުމުތަކުގެ ވެރިން ގުޅިގެން ވަރުގަދަ ސިޔާސަތުތަކެއް އެކަށައަޅައިގެން މަސައްކަތްތަކެއް ކުރުމަށް މޯދީ ވަނީ ހުށައަޅުއްވާފައެވެ. މޯދީ މިކަން ހުށައަޅުއްވައި ކުރެއްވި ޓްވީޓްގައި ސާކް ޤައުމުތަކުގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެއުކަމަށް ކުރެވޭ މި މަސައްކަތުގައި މަޝްވަރާ ކުރައްވާނީ ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމުގައިވެސް މޯދީ ހުށައަޅުއްވާފައި ވެއެވެ.
“އަހަރެމެން ގުޅިގެން ދުނިޔެއަށް ނަމޫނާ ދައްކައި މި ދުނިޔެއަކީ ދުޅަހެއު ތަނަކަށް ހެދޭނެ.” މޯދީގެ ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު