ދިވެހިރާއްޖެއަށް މޫސުން ގޯސް ދުވަހެއް
ދިވެހިރާއްޖެއަށް މޫސުން ގޯސް ދުވަހެއް
ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން ބުރެވީގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ދަނީ ބުނަމުންނެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނާ ގޮތުގައި، މި ކޮޅިގަނޑު މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިޔާގެ ކަންޔާ ކުމާރީގެ އިރު އުތުރުން 200 ކިލޯމީޓަރު ދުރުންނެވެ. އަދި ތޫފާންގެ އަސަރު ދިވެހިރާއްޖެއަށް ކުރާނެ ކަމަށާއި އެހެންކަމުން، ދިވެހިރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. މިގޮތުންރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް އަދި އުތުރުއަތޮޅުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ އިންޒާރުދީ ހުދު ސަމާލު ނެރެފައެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައެވެ. ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. ވީމާ މި ދުވަސްވަރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުން އެދެވިގެންވެއެވެ. ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ނޫނީ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ބޯކޮށް ވާރޭ ވެހޭނަމަ ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވޭ!

ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ހައްލު ނުލިބިފައިވާ ބޮޑު މައްސަލައެކެވެ. ކިރިޔާވެސް ވާރޭ ފޮދެއް ވެހިލާއިރަށް މުޅި ރަށުގައި ފެންބޮޑުވެއެވެ. މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ވަނީ ލަފާކޮށްފައެވެ. ވީ އިރު މިފަދަ ހާދިސާތަކުން މުދަލާއި ގެދޮރު ރައްކާތެރިކުރުން މުހިއްމެވެ. މިގޮތުން، ގެއަށް ފެން ވަނުމުގެ ކުރިން ވެލި ބަސްތާޖެހުމަކީ ކުރެވިދާނެ ކަމަކެވެ. އަދި ފެން ހިންދާ ޕަމްޕް ހުރި ނަމަ ތައްޔާރީ ހާލަތުގައި ބެހެއްޓުން އެދެވިގެންވެއެވެ. ކުޑަކުޑަކަމަކުން ވެސް ރައްކާތެރިކަން ހޯދިދާނެއެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ!

މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރެކެވެ. ވީމާ ދަތުރަކަށް ފެށުމުގެ ކުރިން މެޓް އޮފީހުން ލަފައެއް ހޯދުން އެދެވިގެންވެއެވެ. އަދި ވަކި ސަރަހައްދަކަށް ނުނުކުތުމަށް އެމްއެންޑީއެފުން އެދެފި ނަމަ އެ ގޮތަށް އަމަލުކުރާށެވެ. ދަތުރަށް ފެށުމުގެ ކުރިން ލައިފްޖެކްޓްގެ އިތުރުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހަމަތޯ ބަލާށެވެ. ދަތުރުކުރަނީ އެކަށީގެންވާ އުޅަނދެއްގައިކަން ޔަގިންކުރާށެވެ. އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅިފައި ހުރިތޯ ބަލާށެވެ. ސަލާމަތީ ތަކެތި ހަމަކަން ޔަގީންނުކޮށް ދަތުރެއް ނުފަށާށެވެ.

އުދަ އަރާފަނެ ކަމަށް ސަމާލުވުން!

ހާއްސަކޮށް ދިޔަވަރު ބޮޑުވާ ވަގުތު އުދަ އަރާފާނެ ކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ. ގޮނޑުދޮށާ ގާތުގައި ދިރިއުލޭ ފަރާތްތަކުން މި ކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖެހިދާނެއެވެ. އުދައަކީ، އަހަރުގެވަކި ދުވަސްވަރެއްގައި ވައިބާރު ނަމަ، ހަޅަ ދިޔަވަރާއެކު ރަށްރަށުގެ ގޮންޑޮޅީގެ އެއްގަމަށް 20 ފަނަރަ ފޫޓު ހިސާބަށް ހިނދި ހުލިވެގެންދާ ގޮތަށް އަރާ ބޮޑު ރާޅުގެ ބާވަތެކެވެ. މިއީ އެއްގޮތަކަށް ވެސް ސުނާމީ ފަދަ ބޮޑު ރާޅެއް ނޫނެވެ. ނަމަވެސް، އުދައެރުމަކީ ވެސް ކައިރި ސަރަހައްދުތަކުގައި ފެންބޮޑުކޮށްފާނެ ކަމެކެވެ. އުދައަކީ، ރަށުތެރޭގައި ފެންބޮޑުވެ ގަސްގަހާގެއްސާ ކުކުޅު ހާލާ ގޯތި ގެދޮރާ މުދަލަށް ލޮޚުސާންވާ ބާވަތުން ހިނގާ ރާޅުގެ ބާވަތެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން