‎ކޮވިޑް 19 އަށްޝައްކު ކުރެވޭ އިތުރު ދެމީހަކު ސަފާރީއަކުން ފެނިގެން އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޮވިޑް19 އާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ދެ ބިދޭސީން މިވަގުތު ތިބީ ސަފާރީގައި އެކަހެރި ކުރެވިފައި ކަމަށާއި މެޑިކަލް އޮފިސަރުންގެ ޓީމެއް އެ ސަފާރީއަށް ރޭ ދަތުރުކުރަމުންދާ ކަމަށްސަރުކާރުން ހާމަކުރައްވައެވެ.



‎ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން މިހާތަނަށް 9 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މި އެންމެންނަކީވެސް ބިދޭސީންކަން ފާހަގަކުރެވެއެވެ. މިވަގުތާ ހަމައަށް ކަރަންޓީން ފެސިލިޓީ ތަކުގައި 17 މީހުން ތިބިއިރު 9 މީހުން އެކަހެރި ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރައްވައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް އެކަކު ރާއްޖެއިން ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން