މަސްވެރި ކަމުގެ ސިނާއަތަކީ ދިވެހިންގެ ލޭނާރާ ގުޅި ލާމެހިފައިވާ ވަރުގަދަ ސިނާއަތަކެވެ. ނަމަވެސް އަބަދުވެސް މިސިނާއަތުގެ މަސްވެރިން ހިމެނިގެން މިދަނީ ނިކަމެތި މަސްވެރިންގެ ގޮތުގައެވެ. ވީއިރު އެވެރިންގެ އަޑުވެސް އަހަން ޖެހެއެވެ.
ދައުލަތުގެ ރައުސުލްމާލަށް ދެވަނައަށް އެންމެ ގިނައިން ފައިސާ ވަންނަ ސިނާޢަތަކީ މަސްވެރި ކަމުގެ ސިނާއަތެވެ. އެއީ ހަގީގަތެވެ. ނަމަވެސް މިސިނާއަތުގެ ބައިވެރިންގެ އަތުން ސަރުކާރަށް އެންމެ ލާރި ފޮށްޗެއްވެސް ނުނަގައެވެ. އެހެން ސިނާއަތްތަކާއި ޚިލާފަށް މިސިނާއަތުގައި އުޅޭ ވިޔަފާރި ވެރިން ހަދާބިލަކަށް ސަރުކާރަށް ޖީއެސްޓީއެއް ދައްކާކަށް ނުޖެހެއެވެ. އަދި އަހަރު ނިމުމުން ވިޔަފާރި ފައިދާގެ ޓެކްސްއެއްވެސް ދައްކާކަށް ނުޖެހެއެވެ. އަދި ހަމަ އެއާއި އެކު މިސިނާޢަތުގައި އުޅޭ މަސައްކަތް ތެރިން ޕެންޝަން ފަންޑަށް ފައިސާއެއްވެސް ދައްކާކަށް ނުޖެހެއެވެ. ނުވިތާކަށް ސަރުކާރުން އަންނަނީ ސަބްސިޑީވެސް ދެމުންނެވެ.
ކަން މިހެން ހުރިނަމަވެސް މަސްވެރިން އަތުން ގަންނަ މަސްކޮޅަށް ވަގުތުން ފައިސާއެއް ނުލިބެ އެވެ. އެފައިސާ ނުލިބި ދިގުލައިގެން ދާނަމަ މަސްވެރިންގެ މުޙްތާދުތައް ފުއްދުމަށް ދަތިވާނެއެވެ. މަސްވެރި ކަމުގެ އަސްލު ނަފާ މަސްވެރިޔާއަށް ލިބޭނީ އެފައިސާ ކޮޅު ވީހާވެސް އަވަހަށް މަސްވެރިޔާގެ އަތައް ލިބިގެންނެވެ.
ކޮންމެ ރިޔާސީ އިންތިޚާބަކާއި ދިމާކޮށް ނިކަމެތި މަސްވެރިންގެ ހައްގުތައް ހޯދައިދޭނެ ކަމަށް ބުނެ ސިޔާސީ ބޭފުޅުން ވަރަށް ހިތްދަތި ކަމާއެކު ވާހަކަ ދައްކަވާނެއެވެ. އަދި އެވެރިންގެ މަސްކޮޅުގެ ފައިސާ އަހަރުމެންގެ ވެރިކަމެއްގައި ވަގުތުން އެކައުންޓަށް ޖަމާވާނެ ކަމަށް ވަރަށް ބާރު ލައްވާފަ ވައުދުތައް އަމުނާލައެވެ. އެހެނަސް ވެރިކަމަށް އައުމުން ކަން ހިނގަނީ އިހުވެސް ކަންހިނގާ ބީދައިންނެވެ. އެވެރިންގެ މަސްކޮޅުގެ ލާރި ނުލިބި އެތަކެއް ދުވަހެއް ވެއެވެ. މިކަމަށް އަވަސް ޙައްލެއް ބޭނުން ވެއެވެ.
އެހެން ސިނާއަްތަކާއި ޚިލާފަށް މަސްވެރިން އަތުން ސީދާ ޓެކްސްއެއް ދައުލަތަކަށް ނުނަގައެވެ. ނަމަވެސް ދައުލަތައް މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ކުޑައެއްވެސް ނޫނެވެ. އެހެން ކަމުން މިސިނާއަތަކީ ހަގީގަތުގައިވެސް ފައިދާ ހުރި ސިނާއަތެއްކަން ހަމަ ޔަގީނެވެ.
ހުރިހާ ސިނާއަތެއްގެ ވިޔަފާރި ކުރާއިރު އެސިނާއަތަކުން ވިއްކާ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް އަގު ކަނޑައަޅަނީ އެސިނާއަތުގެ ބައިވެރިންނެވެ. ނަމަވެސް އެއަގު ކަނޑައެޅުމުގައި އޭރުގެ ބާޒާރުގެ އަގުތަކަށް ބަލާނެއެވެ. އެއަށްފަހު އަގު ކަނޑައަޅާ ވިއްކަނީއެވެ. ޑިމާންޑަށް ބަލާފަ އޭގެ ފަހުންވެސް އަގަށް ބަދަލު އާދެއެވެ. ނަމަވެސް ބާޒާރަށް ކިތައްމެ ތަފާތު ތަކެއް އަޔަސް މަހުގެ އަގު އެއް މިނެއްގައި ހިފަހައްޓަން ސަރުކާރަށް އެބަޖެހެއެވެ. އަންނަ ބަދަލާއެކު އެކަން ނުވާނަމަ ދެމެހެއްޓެނިވި ވިޔަފާރި މާޙައުލެއް ޤާއިމު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެހެނަސް މަސްވެރިން މިހަގީގަތް ގަބޫލެއް ނުކުރައްވަ އެވެ.
މަސްވެރިންގެ ދޯނި ބަނުމަށް ސަރުކާރުން އެހީތެރިވެ ދެއެވެ. އަދި އެދޯނީގައި އިންޖީނުއެޅުމަށް ސަރުކާރު މެދުވެރިވެގެން ލުއިތަކެއް ލިބެއެވެ. ބާޒާރުން ތެޔޮގަންނަން ލިބޭ އަގަށްވުރެން ކުޑައަގެއްގައި ސަރުކާރުން މަސްވެރިންނަށް ތެޔޮފޯރުކޮށްދެއެވެ. އަދި ހަމަ ބާނާ މަހުގެ ބޮޑުބައި މިގަންނަނީ ސަރުކާރުންނެވެ. އަދި މަސްވިއްކާ އަގު އެއްވެސް ބެލުމެއްނެތި ކަނޑައަޅަނީ މަސްވެރިންނެވެ. ނަމަވެސް މަސްވެރިން އަބަދުވެސް މިވަނީ ނިކަމެތި މަސްވެރިން ކަމުގައެވެ.
ޢާއްމު ރައްޔިތު މީހާގެ ޓެކްސްފައިސާއިން ސަރުކާރުން މަސްވެރިންގެ ކަންކަން ޙައްލު ކުރުމަށް އެތަކެއް މަސައްކަތެއް ކުރާއިރު އާއްމު ރައްޔިތު މީހާއަށް މަސް މިލެބެނީ އަދި ސަރުކާރަށް ވިއްކާ އަގަށް ވުރެންވެސް އެތައް ގުނައެއް ބޮޑު އަގުގައެވެ. އާއްމު ގޮތެއްގައި މަސްކިލޯއެއް (ނުކަނޑާ އޮންނަމަސް) މިލިބެނީ 35 ރުފިޔާއަށެވެ. މިއަށް ވުރެން އަގުހެޔޮވާ ދުވަހެއް މަދުވާނެއެވެ. ނަމަވެސް މަސްވެރިން ވަނީ ނިކަމައްޗެވެ. މަސްކޮޅު ކުނިވެގެން އެއްލާލަން ޖެހުނަސް ހަމަ ރައްޔިތުމީހާއަށް ވިއްކާ އަގު ތަންފުކެއްވެސް ކުޑަކޮށްނުލައެވެ.
މަސްވެރި ކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭރުން ގެންނަ ގިނަސާމަނަކީ ޑިއުޓީވެސް ނުނަގާ ސާމާނެވެ. އެހެނަސް އާއްމު ރައްޔިތު މީހާ ކޮންމެ އެއްޗެއް ގަތަސް ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ޓެކްސް ދައްކަން ޖެހެއެވެ. ޑިއުޓީ ފްރީ މުދަލުންވެސް ޖީއެސްޓީ ދައްކަން ޖެހެއެވެ. ނަމަވެސް އާއްމު ރައްޔިތު މީހާ ނިކަމެތިހާލުގައި އުޅޭއިރު ނިކަމެއްޗޭ ކިޔަން މިޖެހެނީ މަސްވެރިންނަށެވެ.
ހަގީގަތުގައިވެސް މަސްވެރިން ކުރަނީ ވަރަށް ބުރަ މަސައްކަތަކެވެ. އަތްވާއި ވާރޭގައި އެކުރާ މަސައްކަތަކީ ހަމަ ޝުކުރު ޙައްގު މަސައްކަތަކެވެ. ނަމަވެސް އޭގެ މާނައަކީ މަސްވެރިޔާ ބޭނުން އަގެއްގައި ނިކަމެތި ރައްޔިތުމީހާއަށް މަސްވިއްކުމެއް ނޫނެވެ. މަސްބާނާ ދުވަސްކޮޅު ކޮންމެ މަސްވެރިޔަކުވެސް ހަފްތާއަކު 15 ނުވަތަ 20 ހާސް ރުފިޔާ ހިފައިގެން ގެއަށް ދެއެވެ. އެއީ މަސްދުވަހުގެ މުއްދަތަކަށް ބަލާނަމަ ގާތްގަނޑަކަށް ހަތްދިހަ ހާސް ވަރަކަށް ރުފިޔާއެވެ. ކޮންސްޓަރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ މީހުން ކުރާ މަސައްކަތަކީވެސް ވަކި ލުއި މަސައްކަތެއް ނޫނެވެ. ނަމަވެސް އެމީހުން މަސްނިންމާލާފަ ގެއަށް ގެންދަން ގިނަވެގެން މިލިބެނީ 15 ވަރަކަށް ހާސް ރުފިޔާއެވެ. ވަޑިޔަކު ދުވާލު ހަތަރު ދަމު ހެސްކިޔާފަ މަސައްކަތް ކުރިނަމަވެސް ލިބޭ އާމްދަނީ ވަރަށް ކުޑައެވެ. ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފަކަށް މިލިބެނީ ގިނަވެސް އެވްރެޖް ގޮތެއްގައި ވިއްސަކަށް ހާސް ރުފިޔާއެވެ. ނަމަވެސް މަސްވެރި މީހާއަށް ކިތައްމެ ފައިސާއެއް ލިބުނަސް އެއީ ނިކަމެތި މަސްވެރިއެކެވެ.
އާއްމު ރައްޔިތު މީހާއަށް މަސްގަންނަން މިލިބޭ އަގު މިހާ ވަރުންދާނަމަ ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސް އެތެރެ ކުރުމަކީވެސް ދުރު ކަމެއް ނޫނެވެ. ސަބަބަކީ މިހާރު ރައްޔިތުމީހާ މަސްގަންނަ އަގަށްވުރެ ބޭރުން މަސް އެތެރެކޮށްގެން ވިއްކި ނަމަވެސް އެވިޔަފާރި ކުރާ ފަރާތަށް ފައިދާ ވުމުގެ އިތުރުން ނިކަމެތި ރައްޔިތު މީހާއަށްވެސް ތަންކޮޅެއް ހެޔޮއަގެއްގައި މަސްގަންނަން ލިބޭނެއެވެ. އެޙާލަތަށް މަސްވެރިކަން ދިއުމުގެ ކުރިން ކަމާއި ބެހޭ ފަރާތްތަކުން މިކަމަށް އެކަށޭނެ ސިޔާސަތެއް ކަނޑައަޅަން އެބަޖެހެއެވެ. ހަރުދަނާ ސިޔާސަތެއް ކަނޑަނޭޅި ދިގުލައިގެން ދާނަމަ މިކަމުގެ ނޭދެވޭ އަސަރު މަސްވެރި ކަމުގެ ސިނާޢަތަށް ކުރާނެ ކަމީ ޔަގީން ކަމަކެވެ.
މީގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގައި އުފައްދާ ބަންދު ކުރި ދަޅުމަސް ގަންނަން މިލިބެނީ އެހެން ގައުމަކުން އެފެންވަރުގައި ތައްޔާރުކޮށް، ރާއްޖެއަށް އެތެރެކޮށް ވިއްކާ މަސްދަޅަށްވުރެން ބޮޑުކޮށެވެ. މަސްދަޅު އެތެރެކޮށް ވިއްކާ އުސޫލުން ރޯމަސްވެސް އެތެރެ ކުރުމުން ލިބޭ އަގު ހެޔޮވާނެ ކަމަށް ލަފާ ކުރެވެއެވެ. މިކަމަށް ވިޔަފާރިވެރިން މިހާރުވެސް ހިސާބު ޖައްސަވާނެ ކަމީ ދުރުކަމެއް ނޫނެވެ.
މަސްވެރިންގެ އަޑު އެބައަހަން ޖެހެއެވެ. އެވެރިން ކުރާ މަސައްކަތުގެ އަގުވެސް ވަޒަން ކުރަން ޖެހެއެވެ. އެވެރިންގެ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ކޮޅު ވަގުތުން ވަގުތަށް ލިބޭނެ އިންތިޒާމެއް އަދި އުސޫލެއް ޕޮލިސީ ލެވެލްގައި ނިއްމަވަން އެބަޖެހެއެވެ. އެކަން ކުރަން ލަސްވާނަމަ އާއްމު ރައްޔިތު މީހާ ގަންނަ މަސްކޮޅު ދުވަހުން ދުވަހަށް އަންނާނީ ބޮޑު ވަމުންނެވެ. މިކަމަށް ހުރިހާ ފަރާތްތަކުންވެސް ވިސްނާ ޙައްލަ ހޯދައި ދޭން އެބަޖެހެއެވެ.
ސިޔާސީ ބޭފުޅުން ސިޔާސީ ވާންވީ އަމިއްލަ ޕާޓީ ޕްރޮމޯޓު ކުރަން އެކައްޔެއް ނޫނެވެ. ސިޔާސީ ވާން ކެރެންޖެހެނީ ގައުމުގައި ހުންނަ މިފަދަ މައްސަލަތައް ޙައްލު ކުރުމަށެވެ. އޭރުން ސިޔާސީ ޙަޔާތްވެސް ހަރުދަނާ ވާނެ ކަމީ ޔަގީންވާ ކަމަކެވެ.

ކިޔުންތެރިންގެ ހިޔާލު