ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު 10 ދުވަހުން ހެއްދެވި 30 ކޮޓަރީގެ ކަރަންޓީން ފެސިލިޓީއެއްގެ ވާހަކަ ގިނަ ބަޔަކު މިހާރު ވާނީ އައްސަވާފައެވެ. އަދި މިދެންނެވި ކަރަންޓީން ފެސިލިޓީއާއި ބެހޭ ކުރު ވިޑިއޯ ތަކާއި ފޮޓޯތައް ސޯޝަލް މީޑިޔާއިން ގިނަ ބަޔަކަށް މިހާރު ވާނީ ފެނިވަޑައިގެންފައެވެ.
އަލީ ވަހީދު ހެއްދެވި މި ކަރަންޓީން ފެސިލިޓީ މިހާރު އޮތް ހިސާބު އެނގިވަޑައިގަންނަވަމުތޯއެވެ؟ އެތަން މިހާރުވީ ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގައި ވެސް ޤާއިމު ކުރި ފުރަތަމަ ކަރަންޓީން ރިޒޯޓަށެވެ. ހަމަގައިމުވެސް ޗައިނާގެ މީޑިޔާއަކުން މިދެންނެވި ކޮރޯނާވައިރަސް ކަރަންޓީން ރިޒޯޓް ވަރަށް ބޮޑަށް މަޝްހޫރުކޮށްފިއެވެ. މިހާރު ޔޫ ޓިއުބާއި ޓްވީޓާގެ އިތުރުން މީސް މީޑިޔާ އެހެނިހެން ވިއުގަ ތަކުގައި މިދެންނެވި ރާއްޖޭގެ ކަރަންޓީން ރިޒޯޓްގެ މަޤުބޫލުކަން ވަރަށް ބޮޑެވެ.
“މޯލްޑިވްސް ބިލްޑް ފަސްޓް ކޮރޯނާވައިރަސް ކަރަންޓީން ރިޒޯޓް” ގެ ގޮތުގައި ތަޢާރަފްކޮށް ޔޫޓިއުބްގައި ވާ މި ވިޑިއޯ މިއަދު ހެނދުނާއި ހަމައަށް 33 ހާހަށްވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް ދައްކައެވެ. 43 ސިކުންތުގެ މި ކުރު ވިޑިއޯގައި ރާއްޖޭގައި މި ހޮޓާ ނުވަތަ ރިޒޯޓް ހެދީ 50 މަސައްކަތް ތެރިން ބޭނުންކޮށެގެން އެންމެ 10 ދުވަހުން ކަމަށް ބުނެފައިވެއެވެ. އަދި 30 ލަގްޒަރީ ކޮޓަރި ހިމެނޭ މި ރިޒޯޓުން ބަލި މީހުންނަށް ހިލޭ އެކޮމެޑޭޝަން ލިބޭކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މި ރިޒޯޓަށް އެހެން މީހުންނަށް ޒިޔާރަތްކޮށް ނޫޅެވޭ ކަމަށްވެސް ވިޑިއޯގައި ބުނެފައިވެއެވެ.
ކޮންމެއަކަށް މި ރިޒޯޓް ހެދުމުގެ އާރްކާޓީއަކީ މިހާރު ކިޔާ ގޮތުން ނަމަ ބިޔަ ނުވަތަ ބޮޑު ވަޒީރެވެ. ކޮރޯނާވައިރަސްގެ ހާލަތާއި ބެހޭގޮތުން ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ބަސް ވިދާޅުވަމުން ގެންދެވި ބޭފުޅަކީ ވެސް މިނިސްޓަރ އަލީ ވަހީދެވެ. ހެލްތު މިނިސްޓަރ އަމީން އަލީ ވަހީދުގެ އަރިހުގައި އިންނަވައެވެ. އެކަމަކު ޕްރެސްކޮންފަރެންސް ފެށުނީއްސުރެ ނިމެންދެން އިސްވެ ބަސްވިދާޅުވެ އަދި ކޮންޓްރޯލް ކުރައްވަނީ ވެސް އަލީ ވަހީދެވެ.
ނޫސްވެރިން ކުރިމަތިކުރުވާ ކޮންމެ ސުވާލަކަށް އަލީ ވަހީދަށް ޖަވާބު ދެއްވެއެވެ. ހައްދެއްނެތި ސުވާލު ކުރަން އޮންނަނީ ދޫކޮށްލާފައެވެ. ފަހުން ޖަވާބު ދެއްވަން ފަސް ކުރައްވަން ޖެހޭ އެއްވެސް ސުވާލެއް ނާދެއެވެ. މިފަދަ އެއްސުވާލެއްގެ ޖަވާބު މިހާރުވެސް ވަރަށް ބޮޑަށް ހަނދާނުގައި ހަރުލާފައި ހުރެއެވެ.
ނޫސްވެރިއަކު ސުވާލު ކުރަނީ ކޮރޯނާވައިރަސް ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެން ފަށައިފި ނަމަ އެކަށީގެންވާ ވަރަށް އެކަހެރިކޮށް ކަރަންޓީން ކުރާނެ ޖާގަ އެބަހުރިތޯ ސާފުކުރުމަށެވެ. އަލީ ވަހީދު ވަގުތުން ޖަވާބު ދެއްވަނީ ރާއްޖޭގެ ހުރިހާ ރިޒޯޓެއް ބަންދުކޮށް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަދަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ. ބޮޑު ވަޒީރުގެ ބާރު އެބަހުރި ނޫންތޯއެވެ؟ ހަމަގައިމުވެސް ބަސްފުޅުގައި ވަރަށް ބާރު އެބަހުއްޓެވެ.
ހެލްތު މިނިސްޓަރ އަމީނަކީ ކަމެއްވާ ބޭފުޅެއް ނޫން ކަމަށް އަލީ ވަހީދުގެ އަޑުކަމަށް ބުނާ ލީކުވި އޯޑިއެއްގައި ބުނާ ވާހަކަ މިތާގައި ދައްކާކަށް ނެތީމެވެ. ނަމަވެސް މިދެންނެވި ޕްރެސް ކޮންފަރެންސް ތަކުގައި އަލީ ވަހީދު އެކަން ސާބިތު ކޮށްދެއްވަން އުޅުއްވާކަން ސިފަކުރެވޭ ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.
ކޮންމެއަކަސް މިހާރު އަލީ ވަހީދާއި އަމީންގެ ތަރިވެސް މުޅީންހެން އޮއްސިއްޖެއެވެ. މިހާރު އެކަން ކުރައްވަނީ ސައިޒުން ހަމަ އަލީ ވަހީދު ވަރުގެ ބޭފުޅެކެވެ. މީޑިޔާ ތަކުން ސިފަކުރަނީ އެއީ ކޮރޯނާވައިރަސްއާއި ގުޅޭ މައުލޫމާތު ދޭ ސަރުކާރުގެ ތަރުޖަމާން ކަމަށެވެ. މިދެންނެވި ރައީސް އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ މަބްރޫކް އަޒީޒަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއަށް ވަނީ އެ ގޮނޑި ގެއްލިފައެވެ.
މަބްރޫކަކީ ސަރުކާރުގެ ތަރުޖަމާނެއް ނޫނެވެ. މާބޮޑަށް އަޑު ނީވުނަސް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ތަރުޖަމާނަކު ހުންނަވައެވެ. މިދެންނެވި ތަރުޖަމާން، ހޫދު މިހާރުވެސް ދޭތެރެ ދޭތެރެއިން ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ރައީސްގެ ބަސްފުޅު ހިމެނޭ ޓްވީޓްތައް ކޮންމެވެސް ވަރަކަށް ކުރައްވާތަން ފެނެއެވެ. އެކަމަކު އެއީ ވެސް ވަރަށް މަދުންނެވެ.
ބައެއް ނޫސްވެރިން ބުނަނީ ކޮރޯނާވައިރަސްއާ ބެހޭ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް އެދައްކަވާ ނަތީޖާގެ ސަބަބުން ހޫދު ފަހަތަށް ޖައްސާލަފާނެ ކަމަށެވެ. މަބްރޫކްގެ ހަމައެކަނި މަދުވާ ޕޮއިންޓް ކޮޅަކީ އުމުރުގެ ހަގުކަމުން ކެނޑޭ ޕޮއިންޓް ކޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު