ހަލުއިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ ރިޒޯޓުތަކުން އެހެން ރަށްތަކަށް ދަތުރުކުރުން މަނާކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާރު އިޢުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެޅުއްވި މިފިޔަވަޅާއި ބެހޭގޮތުން އެޗްޕީއޭއިން މިއަދި ނެރުނު އެންގުމުގައި، ރިޒޯޓުތަކުން ރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި ރާއްޖޭގެ އެހެން ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
އެގޮތުން މިގޮތަށް އަމަލު ކުރުމަށް އަންގާފައިވަނީ މިއަދުގެ 6:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށެވެ. އަދި މިކަން ތަންފީޒު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ކަމާބެހޭ ފަރާތްކަށް އަންގަވާފައެވެ.
ރާއްޖެއިން މިހާރު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް އެގާރަ މީހުން ފެނިފައެވެ. މިއީ މުޅިންވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު