ރައީސް ޔާމީންގެ ސަރުކާރުގައި ވައްކަމެއް ނުހިމެނޭގޮތަށް ކަމެއް ކުރުމަކީ މަނާކަމެއްތޯ ވިދާޅުވެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު މިހެން ވިދާޅުވެފައި މިވަނީ ޖެންޑާ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގައި ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް، އޮގަސްޓް 2016 ގައި ހަތް މިލިއަން ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކުރުމަށްފަހު، މަސައްކަތުގެ އަގު ބޮޑު ކަމަށް ބުނެ، ކޮންޓްރެކްޓް ބާތިލުކޮށް، ހަމަ އެ އަހަރު، އެ މަސައްކަތް ޖުމްލަ ދިހަ މިލިއަން ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކުންފުންޏާއި ހަވާލުކޮށްފައިވާކަމަށް ބުނުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު ނިހާދު މިއަދު ވިދާޅުވީ، އޯޑިޓް ރިޕޯޓްތަކަށް ބަލާލުމުން ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަން ނުހިމެނޭގޮތަށް ކަމެއް ކުރުމަކީ މަނާކަމެއްހެން ހީވާ ކަމަށެވެ. އެގޮތުން ތިޖޫރީން ވައްކަން ކޮށްފައިވާ ކަމަށާއި، ޖީބުންވެސް ވައްކަން ކޮށްފައިވާކަމަށް ނިހާދު ވިދާޅުވެފައިވެއެވެ.
"ކާއެތިކޮޅުން ވައްކަން. ބޭހުން ވައްކަން. ގޭހުން ވައްކަން. ނަފްސުންވެސް ވައްކަން. ނަރުދަމާ، ފެންހިންދާ، ބިން ހިއްކުން އަދި ހިލަ ޖެއްސުމުންވެސް ވައްކަން." ނިހާދު ވިދާޅުވިއެވެ.
ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތަކަށް އެޑްވާންސް ފައިސާ ދީފައިވާއިރު، މަސައްކަތުގެ ޕްރޮގްރެސިވް ޕޭމަންޓުން އެޑްވާންސް ފައިސާއާއި ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި މިއީ އެނގިހުރެ ދައުލަތަށް ގެއްލުންވާ ގޮަތަށް ކޮށްފައިވާކަމެއްކަމަށް ބެލެވޭތީ، މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ"އަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދީފައެވެ.
މީގެ އިތުރުން އިޢުލާނު ނުކޮށް އެއް ލައްކަ އޮނަތިރީސް ހާސް ދުއިސައްތަ ސަތާރަ ރުފިޔާގެ ތަކެތި ގަނެފައިވައިވާ މައްސަލައެއް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ލިބުނުކަން ކަށަވަރުނުކޮށް ޚިދުމަތާ ތަކެއްޗަށް ފައިސާ ދައްކާފައިވުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވާކަން ވެސް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު