އިންޑިޔާގެ ބޮޑުވަޒީރު ނަރެދުރަ މޯދީ އިސްނަންގަވައިގެން ސާކު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވަން ހަމަޖެއްސި ޓެލެކޮންފަރެންސް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސަކީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން މި ސަރަޙައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރާނެ ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް ބާއްވާ ކޮންފަރެންސެކެވެ.

މި ޓެލެކޮންފަރެންސްގައި މި ސަރަޙައްދުގެ ހުރިހާ ޤައުމަކުން ބައިވެރިވާނެއެވެ. ކޮރޯނާވައިރަސްއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ޓެލެކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން އެންމެ ގިނައިން މީހުން ކޮރޯނާ ވައިރަހަށް ޕޮޒިިވްވެފައިވަނީ އިންޑިއާގައެވެ. އެގައުމުން 75 މީހަކަށް ވައިރަސް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ރަނގަޅުވެ، އެކަކު ވަނީ މަރުވެފައެވެ. ޕާކިސްތާނުގައި 20 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. އަފްގާނިސްތާނުގައި ފަސް މީހުން ވައިރަސް ޖެހުނު އިރު، ބަންގްލަދޭޝަންގައި ތިން މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ނޭޕާލް އަދި ބޫޓާނުން އަދި މިހާތަނަށް ފެނުނީ އެންމެ މީހެކެވެ. ރާއްޖެއިން މިހާތަނަށް 10 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން