ކޮރޯނާވައިރަސް ކޮންޓްރޯލް ނުވެ ރާއްޖޭގައި ފެތުރިގެން ގޮސް އެންމެ ނުރައްކާ ހާލަތުގައި ކޯވިޑް-19 ރޯގާބަލިމަޑުކަމުގައި ރާއްޖެއިން 10 ހާސް މީހުން މަރުވާނެ ކަމަށް އަންދާޒާކުރައްވައި ޕްރޮފެސަރ އުގައިލް ކުރެއްވި ޓްވީޓްގެ ސަބަބުން ދިވެހި ރައްޔިތުން ހާސްވެ ކަންބޮޑުވުމުން އެކަމަށް މަޢާފަށް އެދިވަޑައިގެންފިއެވެ.
ޕްރޮފެސަރ އުގައިލް މަޢާފަށް އެދިވަޑައިގެން ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ އޭނާ ކުރެއްވި އަންދާސާއެއްކަމަށާއި އެންމެންވެސް މަސައްކަތް ކުރަނީ ބަލި ފެތުރުން ކޮންޓްރޯލްކޮށް މި ނުރައްކާތެރިކަމުން އަރައިގަތުމަށް ކަމަށެވެ.
ޕްރޮފެސަރ އުގައިލް ކުރިން ކުރެއްވި ޓްވީޓްގައި އަންދާޒާ ކުރައްވާފައި ވަނީ ކޮރޯނާ ވައިރަސް އޭގެ އެންމެ ނުރައްކާތެރި ހާލަތުގައި ރާއްޖޭގައި ފެތުރިގެން ހިންގައްޖެ ހާލަތުގައި ރާއްޖޭގެ އާބާދީގެ 65 އިންސައްތަ މީހުންނަށް މި ބަލިމަޑުކަން ޖެހި 10 ހާސް މީހުން ބަލީގައި މަރުވާނެ ކަމަށެވެ. މިއީ ބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު މިހާރު އަންދާޒާ ކުރާ މިންގަނޑު ކަމަށްވާ ތިނެއް އިންސައްތައަށް ބަލައިގެން އޭނާ ޖައްސަވާފައިވާ ހިސާބެއް ކަމަށްވެސް ހާމަކުރައްވާފައި ވެއެވެ.
އުގައިލްގެ މި ޓްވީޓާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔާފައި ވެއެވެ.
މިއަދާއި ހަމައަށް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 10 މީހުންނެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު