ރާއްޖެ ދުށް އެންމެ ޚިދުމަތްތެރި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުސްތާޒު މުޙައްމަދު ޖަމީލް ދީދީގެ އަރިހުން އިސްލާމްދީން އުނގެނުނު މީހުންނަށް މިހާރުވެސް މާ ހެޔޮ ވިސްނޭ ކަމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރކަން ކުރެއްވި ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓުގައި އަމިއްލަ ނަފްސަށްވިޔަސް އަދި އެހެން މީހަކަށްވިޔަސް ގެއްލުން ވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ޝެއިޚް ޖަމީލް ދަސްކޮށްދެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އާއި، ރައީސް ނަޝީދުގެ އިތުރުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޓެގް ކުރައްވައި ޑރ ޝަހީދު ކުރައްވާފައިވާ މި ޓްވީޓްގައި ވަނީ އިއްޔެ ކުވައިތުގެ މިސްކިތްތަކުގެ ބަންގީގައި ނަމާދަށް އަވަހަށް އައުމަށް ގޮވުމުގެ ބަދަލުގައި ގޭގައި ނުވަތަ ތިބިތަނެއްގައި ނަމާދު ކުރުމަށް ގޮވާލާފައިވާތީ އެކަމަށް ޢިޝާރާތްކުރައްވައެވެ. ޑޮކްޓަރ ޝަހީދު މި ޓްވީޓް ކުރައްވާފައިވަނީ ކުވައިތުގައި ގޮވި ބަންގީގެ ވިޑިއޯ ކްލިޕަކާއިއެކުގައެވެ.
ގޭގައި ނަމާދު ކުރުމަށް ކުވައިތުގައި ގޮވި ބަންގީގެ ވިޑިއޯ ކްލިޕް އަކާއެކު ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރގެ މަގާމު މިހާރު އަދާކުރައްވާ ޑޮކްޓަރ މުހަންމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވާފައިވާ ޓްވީޓެއްގައި ވެސް މިފަދަ ހާލަތުގައި އެގޮތަށް ބަންގި ގޮވުމަކީ ސުންނަތުން ސާބިތުވާ ގޮތް ކަމުގައި ވިދާޅުވެ އޭގެ ސަބަބުތައްވެސް ހާމަ ކުރައްވާފައި ވެއެވެ. ނަމާދަށް އަވަހަށް އަންނާން އޮންނަ އިބާރާތުގެ ބަދަލުގައި ތިޔަބައިމީހުން ގޭގައި ނުވަތަ ތިބިތާކު ނަމާދު ކުރުމަށް ބަންގީގައި ގޮވާލަނީ ޖަމާޢަތުގައި ނަމާދު ޤާއިމު ނުކުރެވޭފަދަ ޝަރުޢީ ބޮޑު ޢުޒުރެއް މެދުވެރި ވުމުންނެވެ. އެގޮތުން ގަދަ ވިއްސާރައިގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުން ނުވަތަ ފިނިގަދަވުން ބޮޑު ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ބަންގި ގޮވަން އޮންނަނީ އެގޮތަށް ކަމުގައި ޑޮކްޓަރ ޝަހީމު ވިދާޅުވެފައިވެއެވެ.
ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ޙާލަތުގައި ޖަމާޢަތް ހަދައިގެން އެއްވެ އުޅުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ސިއްޙީދާއިރާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި ރާއްޖޭގައިވެސް ޢުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން މިސްކިތްތަކަށް މިދުވަސްވަރު ޖަމާޢަތަށް ދިއުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
ޑޮކްޓަރ ޝަހީދުގެ މި ޓްވީޓްގައި އަލިއަޅުއްވާލައްވާފައި އެވަނީ މިހާލަތުގައިވެސް މިފަދަ އިރުޝާދުތައް ގަބޫލުނުކޮށް ބައެއް ފަރާތްތަކުން އެއާއި ދެކޮޅަށް އަމަލު ކުރަމުންދާތީ ކަމުގައި ގަބޫލު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު