މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ފެންކުންފުނި، އެމް ޑަބްލިއު އެސް ސީން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދޭން ނިންމައިފިއެެވެ.

މިކަން ހާމަކުރައްވާފައިވަނީ ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ކޮރޯނާ އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަ ސެކެރެޓަރީ އަދި ކޮރޯނާވައިރަސްއާއި ގުޅޭ މައުލޫމާތު އާންމު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މިކަމާ ގުޅޭ މަޢުލޫމާތުތައް އެމްޑަބްލިއުއެސްސީ އިން މާދަމާ ހާމަކުރައްވާނެ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިރޭގެ ޕްރެސްގައި މަބްރޫކް ވަނީ ސެންޓްރަލް ބޭންކް އެމްއެމްއޭ އާއި އެހެން ބޭންކުތަކާ މަޝްވަރާކޮށްގެން ދިވެހި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ މި ރޯގާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ. އަދި އެކަން ފޫބެއްދުމަށްޓަކާއި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން