ކޯވިޑް-19 އަށް ރާއްޖެއިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއީ އަނަންތަރާ ދިގުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ބިދޭސީއަކު ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވި މި މީހާ މިހާރު ވަނީ ފަރުކޮޅުފުށީގައި އެކަހެރި ކޮށްފައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް 11 މީހުން ޕޮޒިޓިވް ވެފައިވީ ނަމަވެސް މިހުރިހާ އެންމެން ނަކީވެސް ބިދޭސީންނެވެ.

އެޗްޕީއޭއިން ރޭގައި ބުނެފައިވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިޒޯޓުންގެ ކޮންޓެކްޓް ޓްރޭސިންގ ނިންމައި ގޭގައި އެކަހެރި ކުރަން ޖެހޭ ފަރާތްތައް މިހާރު ވަނީ އެކަހެރި ކުރެވިފައި ކަމަށެވެ. އަދި އެރިޒޯޓުގެ މޮނިޓަރިންގ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން