ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރުޢީ ދާއިރާއިން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފި އެވެ.
މިކަމާގުޅިގެން ޑީޖޭއޭއިން ނެރެފައިވާ ސަރކިއުލަރ ގައި 3 ލެވެލްގައި އަޅާނެ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ޔެލޯރ އެލަރޓް (ލެވެލް 2) ގައި އަޅާނެ މައިގަނޑު 7 ފިޔަވަޅެއް އަދި އޮރެންޖް އެލަރޓް (ލެވެލް 3) ގައި އަޅާނެ ފިޔަވަޅަކާއި ރަތް އެލަރޓް (ލެވެލް 4) ގައި އަޅާނެ 2 ފިޔަވަޅެއް ބަޔާންކޮށްފައިވެއެވެ.
ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން ޚިދުމަތް ދެވޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަދަ ޙާލަތެއްގައި ޚިދުމަތް ދިނުމުގެ ޕްލޭނެއް، ކޯޓުތަކާއި އިދާރާތަކުން ތައްޔާރުކޮށް، މާރޗު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓަށް ފޮނުވުމަށް ވެސް ވަނީ އަންގާފަ އެވެ.
އަދި އެލަރޓް ލެވެލް އެންމެ މަތިވެއްޖެނަމަ ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުމާއި، މަސައްކަތަށް ނުނެރެ ގޭގައި ބައިތިއްބާ ދުވަސްތަކަށް މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް ހަމަޖެއްސުމަށްޓަކައި ޑިޕާޓްމަންޓަށް ފޮނުވުމަށް ވެސް ޑީޖޭއޭއިން ވަނީ އެދިފަ އެވެ. މީގެއިތުރުން ކޯޓުތަކާއި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނޭ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖެއްސުމަށްވެސް މިސަރކިއުލަރ ގައި އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު