ރާއްޖޭގައި އޮތް ކޯވިޑް-19 ގެ ނުރައްކާތެރި ޙާލަތަށް ވިސްނައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުރުން މުހިންމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވުމުން، ޒާތީ ސިޔާސީ ބަހުގެ ހަމަލާތަކެއް ޑރ. މުޙައްމަދު އިޔާޒު ދެއްވައިފިއެވެ.
ފަރުޟު ނަމާދުގެ ޖަމާޢަތުގައި ގައިދުރުކުރުމާ ގުޅޭގޮތުން ރައީސް މައުމޫން އިއްޔެ ވިދާޅުވީ، ތިމާގެ ފުރާނައާއި ނަފްސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީމާހިރުން ލަފާދޭ ފިޔަވަޅުތައް އެޅުން ލާޒިމް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު މީގެކުރިން ޑރ. އިޔާޒު "ރަސް އޮންލައިން"އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގައި ޖަމާއަތްހަދާއިރު ގައިދުރުކޮށްގެން ޖަމާއަތް ހަދާނެ ޟަރޫރަތެއް ނެތް ކަމަށެވެ.
ނަމާދުގެ ޖަމާއަތް ހެދުމުގައި މިވަގުތު ގައިދުރުކޮށްގެން ޖަމާއަތް ހެދުމަށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރަށްވާފައިވާ ދީނީ ޢިލްމްވެރިޔާ ރައީސް މައުމޫން އިރުޝާދު ދެއްވުމުން އެކަމަށް ވަރަށް ވަރުގަދަ ސިޔާސީ ޒާތީ ރައްދު ތަކެއް ދެއްވަމުން ޑރ. އިޔާޒު ވަނީ "ޝަރީއަތް ނުކޮށް، ސުވާލެއް ނުކޮށް، ވާނުވާއެއް ނޭނގޭ ގޮތަށް އެތައް ދުވަހަކު ގޮޅީގައި ބަންދުކޮށް، ބައެއް މީހުން ނުކުޅެދޭ މީހުންނަށްވެ، އަނެއް ބަޔަލު އާއިލާ ރޫޅި، އަނެއް ބަޔަކު ފުރާނަ ގެއްލިގެން ދިޔައިރު އިސްލާމް ދީނުގައި ނަފުސަށް ދެއްވާފައިވާ ހުރުމަތްތެރިކަން ވިސްނިވަޑައި ނުގަތީތޯ" އޭ ވިދާޅުވާ ރައީސް މައުމޫނާ ސުވާލު ތަކެއް އަމާޒު ކުރަށްވާފައެވެ.
މީގެއިތުރުން ރައީސް މައުމޫނުގެ ބަސްފުޅަށް ރައްދު ދެއްވަމުން ޑރ. އިޔާޒު އެހެން ޓްވީޓެއްގައި މިހާތަނަށް މިސްކިތުން ކޮވިޑް ފެތުރި އަދި މިސްކިތަށް ދިއުމުގެ ސަބަބުން ކޮވިޑް ޖެހިގެން ފުރާނަ ގެއްލިފައި ވަނީ ކިހާވަރަކަށްތޯ ސުވާލު ކުރަށްވާފައިވެއެވެ. އަދި ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން އެންމެ މާތް އަޅުކަމުގެ ތެރެއަށް އަމިއްލަ ގޮތް ވެއްދީމާ ދެން ވާނީ ކިހިނެއްތޯ އޭ ވެސް ސުވާލު ކުރައްވާފައި ވެއެވެ.
ރައީސް މައުމޫނަށް ރައްދު ދެއްވައި ޑރ. އިޔާޒު ކުރެއްވި އެހެން ޓްވީޓެއްގައި ކޮވިޑް ފެތުރިފައިވާ ގޮތުގެ ތަފާސް ހިސާބެއް ޖައްސަވަމުން ވިދާޅުވެފައި ވަނީ މިހާތަނަށް ގިނައިން ކޮވިޑް-19 ޖެހިފައިވަނީ "ވާރޭ ހިޔާވާން ވެސް މިސްކިތު ފުރާޅުދަށަށް ވެސް ނުވަންނަ މީހުންނަށް" ކަމަށެވެ.
ޑރ. އިޔާޒުގެ މިރައްދުތަކަށް ރައީސް މައުމޫން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް ޓްވިޓަރގައި ވަރަށް ގިނަ ބަޔަކު ރައީސް މައުމޫންގެ ބަސްފުޅަށް ތާއީދުކޮށް ޑރ. އިޔާޒަށް ފާޑުކިޔާފައި ވެއެވެ. އަދި މުސްލިމުންގެ މާތްވެގެން ވާ ހަރަމްފުޅުގައި ގައިދުރުކޮށްގެން ސަފުހެދުމާއި ގައިދުރުކޮށްގެން ޠަވާފު ކުރުމަކީ އެމީހުންގެ އަމިއްލަ ގޮތެއް ހަދައިގެން ނަމާދު ކުރުން ކަމުގައި އިޔާޒު ވިދާޅުވަނީތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލުތައް ވެސް ކުރިމަތިކޮށްފައި ވެއެވެ.
ރައީސް މައުމޫން އިއްޔެ ވިދާޅުވީ "ތިމާގެފުރާނައާއިނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާކަމަކަށްވާތީ ކޯވިޑްބަލިން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ޞިއްޙީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމް" ކަމަށެވެ. "ވީމާ މިވަގުތު ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުން މުހިންމު" ކަމަށެވެ.

Shareeatheh nukoh, suvaaleh nukoh, vaanuvaa eh neyge gothah ethah dhuvahaku golhi gai bandhukoh, baeh meehun nukulhedhey meehunnah ve, aneh bayaku aailaa roolhi, aneh bayaku furaana gelligen dhiya iru Islam Dheenugai nafsah dhevvaafaivaa hurumaiytherikan visnivadai nugathy tho?
— Dr.Mohamed Iyaz (@dr_iyaz) February 23, 2021
ޑރ. އިޔާޒުގެ މިރައްދުތަކަށް ރައީސް މައުމޫން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް ޓްވިޓަރގައި ވަރަށް ގިނަ ބަޔަކު ރައީސް މައުމޫންގެ ބަސްފުޅަށް ތާއީދުކޮށް ޑރ. އިޔާޒަށް ފާޑުކިޔާފައި ވެއެވެ. އަދި މުސްލިމުންގެ މާތްވެގެން ވާ ހަރަމްފުޅުގައި ގައިދުރުކޮށްގެން ސަފުހެދުމާއި ގައިދުރުކޮށްގެން ޠަވާފު ކުރުމަކީ އެމީހުންގެ އަމިއްލަ ގޮތެއް ހަދައިގެން ނަމާދު ކުރުން ކަމުގައި އިޔާޒު ވިދާޅުވަނީތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލުތައް ވެސް ކުރިމަތިކޮށްފައި ވެއެވެ.
ރައީސް މައުމޫން އިއްޔެ ވިދާޅުވީ "ތިމާގެފުރާނައާއިނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާކަމަކަށްވާތީ ކޯވިޑްބަލިން ރައްކާތެރިވުމަށް އަޅަންޖެހޭކަމަށް ޞިއްޙީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމް" ކަމަށެވެ. "ވީމާ މިވަގުތު ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުން މުހިންމު" ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު