ދިވެހިރާއްޖެއަށް ކުރިމަތިވި އެތައް ގޮންޖެހުންތަކާއެކު ވެސް ވޭތުވެދިޔަ 900 އަހަރު ކާބަފައިން އިސްލާމްދީނުގައި ހިފެހެއްޓީ އެންމެ ތަންފުކެއްވެސް ދޫނުދީ ކަމަށާއި، ދިވެހި ގައުމިއްޔަތުގެ މައި ބިންގަލަކީ އެއީ ކަމަށްވާތީ އެ ނޫން މަގެއް ޚިޔާރުކޮށްގެން ދިވެހިންނަށް ސަލާމަތެއް ނެތް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން، އެކްސް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މައުމޫން ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ނުވަ ގަރުނުގެ ދިގު ތާރީޚުގައި ދިވެހިންގެ ކާބަފައިން ވަނީ ދުވަހަކުވެސް ފަނޑުނުވާނެ ވަރުގަދަ އިބުރަތެއް ދައްކުވައިދީފައެވެ. އެގޮތުން، ގައުމަށް ކިތަންމެ ނާޒުކު އަދި ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި، އަދި އެ މާތް ދީނަށް ކިރިޔާވެސް ލޮޅުމެއް އެރިޔަނުދީ ފުރިހަމަ އަގީދާއާއި ސާބިތުކަމާއެކު ހިފެހެއްޓެވިކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ގައުމާއި ދިވެހިވަންތަކަން ބިނާވެފައި އޮތީ އިސްލާމީ ބިންގަލުގެ މައްޗަށް ކަމަށް ވިދާޅުވަމުން އެ މަނިކުފާނު ފާހަގަކުރެއްވީ، އެ ބިންގާ ދޫކޮށްލައިގެން ދިވެހި ގައުމަށް އެއްވެސް ކުރިއެރުމެއް އަދި އަމާންކަމެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޖީލުތަކުގައި ވެސް ރާއްޖެއަކީ އިސްލާމްދީނަށް ވަފާތެރި، އެ ދީނުގައި ސާބިތުވެ އޮތް ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، ކުދިބޮޑު އެންމެހައި ރައްޔިތުން އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަސާބިތުކުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް މައުމޫން ވިދާޅުވީ، ދިވެހި ރައްޔިތުން އެ މަނިކުފާނުގެ މި އިލްތިމާސް ގަބޫލުކުރައްވާނެ ކަމަށާއި، އިހުގެ ކާބަފައިން ފަދައިން މިއަދުގެ ރައްޔިތުން ވެސް ފުރިހަމަ އަޒުމާއި ވަރުގަދަ ސާބިތުކަމާއެކު އިސްލާމްދީނުގެ މަތީގައި ދެމިތިއްބަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު