އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ
އަންނަ ހަފްތާގައި އެލްކޭޖީން ފެށިގެން ގްރޭޑް 6 އާއި ހަމަޔަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ވަނީ، ކުރިއަށް އޮތް ހަފްތާގައި މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް. ކޭ. ޖީ އިން ފެށިގެން ގްރޭޑް 6 އާއި ހަމަޔަށް ކިޔެވުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ގްރޭޑް 7 އިން މަތީގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާނީ ސްކޫލަށް ޙާޟިރުވެގެން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ނިންމުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އިޢުލާނެއް ނެރުއްވާފައިވާއިރު، އެޗްޕީއޭއިން މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުއްވާފައިވާ ސިޓީގައި އެދިލައްވާފައިވަނީ، ސްކޫލްތަކުގެ ހުރިހާ ފިޒިކަލް ކްލާސްތައް ހުއްޓާލުމަށް އެދޭ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.

އަދި 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފެށިނަމަވެސް މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުންފެށިގެން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން