ކުލާސް ކުއްޖަކު ޔޫރީގެ އަސާގަނޑު އަތުލައި، އޭނާގެ ނުކުޅެދުންތެރިކަމަށް މަލާމާތްކުރުމުން، ޔޫރީ އެ ކުއްޖާއަށް މަޢާފުކުރަން ފުރަތަމަ އިންކާރުކުރިއެވެ. ނަމަވެސް، އެކަމުގައި އޭނާ ދެއްކި ސަބަބުން އެންމެންނަށްވެސް ވަރަށް ވިސްނުންތެރި، މުހިންމު ފިލާވަޅެއް ލިބިގެންދިޔައެވެ.
ޔޫރީ ދުނިޔެއަށް އައީ އުނދަގޫ ވިހެއުމަކަށްފަހުގައެވެ. އޭނާއަކީ މައިންބަފައިންނަށް ލިބުނު ވަރަށް އަގުހުރި ނިޢުމަތެކެވެ. އޭނާ ބޮޑުވަމުން އައީ ވަރަށް ވިސްނުންތޫނު، ހިތްހެޔޮ ކުއްޖެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އޭނާގެ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން، ސްކޫލް މާޙައުލުގައި ހިތްދަތި ގަނާކުރުންތަކާ އޭނާއަށް ކުރިމަތިލާންޖެހުނެވެ. މިއީ ތަދާއި، މަޢާފުކުރުމާއި، އަދި އަމިއްލަ ކަރާމާތް ރައްކާތެރިކުރުމާ ގުޅޭ ޢިބުރަތްތެރި ވާހަކައެކެވެ.
ލިބުނު ބޮޑު ނިޢުމަތެއް
ޔޫރީގެ މައިންބަފައިން ބުނިގޮތުގައި އުނދަގޫ ވިހެއުމަކަށްފަހު ޔޫރީ ލިބުމަކީ އެދެމަފިރިންނަށް ﷲ ތަޢާލާ މިންވަރުކުރެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. ދަރިފުޅު ބޮޑުވަމުން އައީ އެންމެންގެ ލޯބި ލިބިފައިވާ، ވިސްނުންތޫނު ކުއްޖެއްގެ ގޮތުގައެވެ. ދަރިފުޅުގެ ސިކުނޑީގެ ހޭލުންތެރިކަން އިންތިހާއަށް ހުރި ނަމަވެސް، ހަށިގަނޑުގެ ޙަރަކާތްތައް ހުރީ ވަރަށް ބޮޑަށް ލަސްވެފައެވެ.
"ތަޙުލީލުތަކަކަށްފަހު ޑޮކްޓަރުން ބުނީ، ވިހެއުމުގެ ތެރޭގައި ސިކުނޑިއަށް އޮކްސިޖަން ލިބުން މަދުވުމުގެ ސަބަބުން ޔޫރީއަށް "ސެރެބްރަލް ޕަލްސީ" ޖެހިފައިވާ ކަމަށް މިކަމުގެ ސަބަބުން އޭނާގެ ދެފައިގެ ބާރު ވަނީ ވަރަށް ބޮޑަށް ދެރަވެފައި އެހެންނަމަވެސް، ދެއަތުގެ ޙަރަކާތްތަކަށް އެއްވެސް އުނިކަމެއް ނާދޭ" އަސަރާއެކު ޔުރީގެ މަންމަ ކިޔައިދިނެވެ.
ޔޫރީގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި މައިންބަފައިން ދިޔައީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން، ފިޒިއޮތެރަޕީއާއި ތަފާތު ފަރުވާތަކަށްފަހު، އެތައް އަހަރެއްގެ މިންނެތް މަސައްކަތުން އޭނާއަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. ކުރިން ފުރޮޅުލީ ގޮނޑީގައި އިން ޔޫރީ، އަސާގަނޑުގެ އެހީގައި ހިނގަން ފެށިއެވެ. އޭނާ ހުރީ ވަރަށް ވަރުގަދަ ޢަޒުމަކާއެކު، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އުންމީދުގައެވެ.
ޕްރިންސިޕަލްގެ ފޯން ކޯލް
ޔޫރީ ސްކޫލަށް ދާން ފެށީ އޭނާއަށް އެހީތެރިވާނެ މީހަކާއެކުގައެވެ. އޭނާއަކީ އެންމެންނާވެސް ގުޅޭ، އެންމެންގެ ލޯބި ލިބިފައިވާ ކުއްޖެކެވެ. ނަމަވެސް، ދުވަސްތައް އޮމާންކަމާއެކު ވޭތުވަމުން ދަނިކޮށް، އެއްދުވަހަކު ސްކޫލުގެ ޕްރިންސިޕަލް ބެލެނިވެރިޔާއަށް ގުޅުއްވިއެވެ.
ޔޫރީގެ މަންމަ އަށް ފޯނު ނެގުނު އިރު، 10 މިސްޑް ކޯލް އޮތެވެ. ޕްރިންސިޕަލް ވިދާޅުވީ ޔޫރީގެ ކުލާސް ކުއްޖަކު އޭނާއަށް ގަނާކުރަމުންދާ ކަމަށެވެ. އެކަން ފެށުނީ ކުދިކުދި މަލާމާތްތަކުން ކަމުގައި ވިޔަސް، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެކަން ވަރަށް ބޮޑުވެގެންދިޔައެވެ. އެ ކުއްޖާ ޔޫރީގެ އަސާގަނޑު އަތުލައި، އެހީތެރިކަމެއް ނެތް ޙާލަތަކަށް އޭނާ ދޫކޮށްލީ ކަމަށް ޕްރިންސިޕަލް ޔޫރީގެ މަންމަ އަށް ދެންނެވިއެވެ.
"ޔޫރީ އެތަކެއް ދުވަސް ވެގެން ގޮސް މިހާމައްޗަށް ކަންތައް ދިޔުމުންވެސް މި ވާހަކަ ގެއަށް އައިސް ނުބުނެ ސިއްރުކުރުމުން އަޅުގަނޑުމެން ވަރަށް ބޮޑަށް ހައިރާންވެ އަންތަރީސްވެއްޖެ" އޭނާގެ މަންމަ ކިޔައިދިނެވެ.
ގަނާކުރި ކުއްޖާއަށް ދިމާވި ކަންތައް
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، މިކަން އެނގުނީ ގަނާކުރި ކުއްޖާގެ މައިންބަފައިންގެ ފަރާތުންނެވެ. އެ ހާދިސާއަށްފަހު، އެ ކުއްޖާގެ ދެފައިގައި ކުއްލިއަކަށް ގަދަޔަށް ރިއްސަން ފެށިއެވެ. ތަދު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔުމުންވެސް، ޑޮކްޓަރުންނަށް އެކަމުގެ ސަބަބެއް ދެނެގަނެވޭގޮތެއް ނުވިއެވެ.
ހިތްދަތިކަން ބޮޑުވެގެން އެންމެ ފަހުން އެ ކުއްޖާ އޭނާގެ މައިންބަފައިން ގާތު، ޔޫރީއަށް ކުރި އަނިޔާގެ ވާހަކަ ކިޔައިދިނެވެ. އަދި އަމިއްލަ ޢަމަލާމެދު ދެރަވެ، ޔޫރީގެ ކިބައިން މަޢާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް، ޔޫރީ ވަނީ އެ ކުއްޖާއަށް މަޢާފުކުރަން ފުރަތަމަ އިންކާރުކޮށްފައެވެ.
ޔޫރީ ސިއްރުކުރި ހިތާމަވެރި ޙަޤީޤަތް
ޔޫރީގެ ބައްޕަ ކިޔައިދިން ގޮތުގައި މަސައްކަތަށްފަހު އޭނާ ގެއަށް ދިޔައިރު އަނބިމީހާ އިނީ ރޮއެރޮއެ ދެލޯ ރަތްވެފައެވެ. ޔޫރީ ގެއަށް އައުމުން، އޭނާއާ ވަރަށް ލޯތްބާއި ކުލުނާއެކު ވާހަކަދައްކަން ފެށުމާއެކު މައިންބަފައިންނަށް ހުރިހާ ކަމެއް އެނގިއްޖެކަން އޭނާ އެނގުނެވެ. އަދި ކުއްލިއަކަށް ޔޫރީގެ ލޮލުން ކަރުނަ ފައިބައިގަތެވެ.
ޔޫރީ ކިޔައިދިން ގޮތުގައި، މި ގަނާކުރުންތައް ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެ ފަހުން ހިނގި ހާދިސާގައި، އެ ކުއްޖާ ޔޫރީގެ އަސާގަނޑު އަތުލައި ދުރަށް އެއްލައިލީއެވެ. އެވަގުތު އެހެން ކުދިންތަކެއް ހޭން ތިބިއިރު، ޔޫރީ މަސައްކަތްކުރީ ބިންމަތީގައި ދެފައި ދަމަމުން ކުރިއަށް ދިއުމަށެވެ. އޭނާ ވެއްޓުމުންވެސް އެއްވެސް ކުއްޖަކު އެހީތެރިއެއް ނުވިއެވެ.
"އަޅުގަނޑު ބޭނުންނުވީ މަންމައާއި ބައްޕަ ދެރަކުރާކަށް، އެހެންވެ މިހާދުވަސް ވެގެންދިޔައިރުވެސް އަދި މިކަންތައް މިހާ މައްޗަށް ދިޔައިރުވެސް ނުބުނަން ހުރީ" ޔޫރީ ބުންޏެވެ.
ޔޫރީ މަޢާފުނުކުރި ޙަޤީޤީ ސަބަބު
ޔޫރީއަށް އަނިޔާކުރި ކުއްޖާގެ މައިންބަފައިން ޔޫރީގެ ގެއަށް އައިސް، ޔޫރީގެ ކިބައިން އާދޭސްކޮށް މަޢާފަށް އެދުނެވެ. ނަމަވެސް ޔޫރީ ހުރީ މަޢާފުކުރާ ގޮތަކަށް ނޫނެވެ. އޭނާ މާފުކުރަން އިންކާރު ކުރިއެވެ. ހަމައެއާއެކު ޔޫރީގެ މައިންބަފައިންނަށްވެސްވީ ހައިރާން ކުރުވަނިވި ކަމަކަށެވެ. ސަބަބަކީ ޔޫރީއަކީ އަބަދުވެސް މަޑުމައިތިރި ކުއްޖަކަށް ވުމުން، އަދި އަދަބު އިޚްތިރާމް އަދާކުރާ ކުއްޖަކަށް ވީއިރު، އެކުއްޖާގެ މައިންބަފައިން އާދޭސްކުރުމުންވެސް ދެކޮޅު ހެދިތީއެވެ.
އެންމެ ފަހުން އެ ކުއްޖާގެ މައިންބަފައިން ޔޫރީ ގާތު އެހިއެވެ: "ދަރިފުޅު މަޢާފުނުކުރަން ތި އުޅެނީ ކީއްވެގެން ހެއްޔެވެ؟"
ޔޫރީ ވަރަށް ވިސްނުންތެރިކަމާއެކު ޖަވާބުދިނެވެ: "އަޅުގަނޑަކަށް ޔަޤީނެއް ނޫން އޭނާ އަލުން އަޅުގަނޑަށް އެހެން ނުހަދާނެ ކަމެއް."
ޔޫރީގެ މި ޙިކުމަތްތެރި ޖަވާބުން ދެފަރާތުގެ މައިންބަފައިންނަށްވެސް ހާމަވެގެންދިޔައީ އޭނާ މަޢާފުނުކޮށް އެހުރީ ހިތުގައި ރުޅިވެރިކަމެއް އޮވެގެންނެއް ނޫންކަމަވެ. ނަމަވެސް، އަނެއްކާވެސް އެފަދަ އަނިޔާއަކާ ކުރިމަތިލާންޖެހިދާނެތީ ބިރުންކަމެވެ. އެ ކުއްޖާގެ ފަރާތުން އެ އަނިޔާތައް ތަކުރާރު ނުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުންނެވެ.
ހުރިހާ ކަމެއް ބަދަލުކޮށްލި ވަޢުދު
އެ ކުއްޖާގެ މައިންބަފައިން ވަގުތުން އެމީހުންގެ ދަރިފުޅަށް ގުޅައި ވާހަކަދެއްކުމަށްފަހު ބުންޏެވެ: "އޭނާ ވަޢުދުވެއްޖެ ދެން ދުވަހަކުވެސް އެފަދަ ދެރަކަމެއް ނުކުރަން. އަދި އަޅުގަނޑުމެންވެސް އެކަމުގެ ފުރިހަމަ ޔަޤީންކަން ދެމެވެ."
މި ޔަޤީންކަން ލިބުމާއެކު ޔޫރީގެ ހިތް މަޑުވެ، ހިތްހެޔޮކަމާއެކު އެ ކުއްޖާއަށް މަޢާފުކުރިއެވެ. އެ މައިންބަފައިން ޔޫރީއަށް ހަދިޔާއެއް ދޭން ބޭނުންވުމުން، އޭނާ އެދުނީ ހަމައެކަނި ފޮތަކަށެވެ.
އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ ކުއްޖާގެ ފައިގެ ރިހުން މުޅިން ރަނގަޅުވިއެވެ. މި ހާދިސާއަށްފަހު އެ ކުއްޖާގެ އަޚްލާޤަށް ބޮޑު ބަދަލެއް އައިސް، އެހެން މީހުންނަށް އޯގާތެރި އަދި ހިތްހެޔޮ ކުއްޖަކަށް އޭނާ ބަދަލުވިއެވެ. އޭނާއަށް ދަސްވީ އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމެވެ. އަދި ޔޫރީ އެންމެންނަށް ދަސްކޮށްދިނީ، އަމިއްލަ ރައްކާތެރިކަމާއި ކަރާމާތް ދަމަހައްޓަމުން، ހިތްހެޔޮކަމާއެކު މަޢާފުކުރުމަކީ ކިހާ މަތިވެރި އަދި ރިވެތި ސިފައެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު