ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް (ވ) އާއި ރައީސް ޞާލިޙް (ކ)
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް (ވ) އާއި ރައީސް ޞާލިޙް (ކ)
ނުރައްކާތެރި ކޯވިޑް-19ގެ ވައިރަސް ރާއްޖޭގައި އަދިވެސް ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިއަދު ގޮވާލައްވައިފިއެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 300 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް އިތުރުވަމުންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށެވެ. އެހެންކަމުން ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު މީގެކުރިން ވެސް ވަނީ ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައްވާފައެވެ.



ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން