އިންޑިއާ ކަނޑުގެ ހަމަޖެހުން ބިނާވެފައިވަނީ އިންޑިއާގެ މިނިވަންކަމުގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިޔާ ކަނޑުގެ ޞުލްޙަވެރިކަމާއި ހަމަޖެހުން ބިނާވެފައިވަނީ އިންޑިއާގެ މިނިވަންކަމާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާއި، އުފުލަންޖެހޭ ލީޑަރޝިޕް ރޯލް ބޮޑުވެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައްޔިތުންނާއި، އެންމެހާ ވެރިންނަށް ފޮނުއްވާފައެވެ.
އަބަދުވެސް އިންޑިއާއާއި ގާތް ގުޅުމެއް ބާއްވަވާ ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެއަށް އަތްގަދަ ކުރުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިންޑިއާއާއި ދެކޮޅު ޝުޢޫރުތަކުގެ އަޑުތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Indian Ocean peace and stability is entwined with a strong and independent India.With its Dimond Jubilee of Independence,India shoulders more responsibility and leadership.A very happy Independence Day to the people of India and their leaders.🇮🇳🇲🇻 @narendramodi @loksabhaspeaker
— Mohamed Nasheed (@MohamedNasheed) August 15, 2021
ރައީސް ނަޝީދު ވަނީ އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައްޔިތުންނާއި، އެންމެހާ ވެރިންނަށް ފޮނުއްވާފައެވެ.
އަބަދުވެސް އިންޑިއާއާއި ގާތް ގުޅުމެއް ބާއްވަވާ ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެއަށް އަތްގަދަ ކުރުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިންޑިއާއާއި ދެކޮޅު ޝުޢޫރުތަކުގެ އަޑުތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު