ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ލީޑަރ ޢުމަރު ނަސީރު
ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ލީޑަރ ޢުމަރު ނަސީރު
ބިމުން ވިޔަފާރިކުރުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލަން ޖެހޭ ކަމަށް ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ލީޑަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މި މޭރުމުން ވިދާޅުވެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އެޗްޑީސީން ނިންމުމާ ގުޅިގެންނެވެ. މީގެކުރިން ޢުމަރު ވަނީ ފްލެޓް ދިނުމާ ދެކޮޅަށްވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ފްލެޓް ދިނުމަކީ ކަމުދާ ކަމެއް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ ގޯތި ކަމަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

ޢުމަރު ނަސީރު ރޭ ވިދާޅުވީ، ބިމުން ވިޔަފާރިކުރުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލަން ޖެހޭ ކަމަށާއި، ބިން ވިއްކުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބާރުގެ ދަށުގައި އޮތްހާ ހިނދަކު ކިތަންމެ ބޮޑު ބިމެއް ހިއްކި ނަމަވެސް ގޯތި ގެދޮރުގެ ދަތިކަމަށް ޙައްލެއް ނުލިބޭނެ ކަމަށެވެ.

"އެމްއެމްޕީއާރުސީއަށް ފަޅުރަށްތައް ވިއްކޭ ގޮތަށް އޮތް އޮތުމާއި، އެޗްޑީސީއަށް ބިން ވިއްކޭ ގޮތަށް އޮތުމަކީ ކޮރަޕްޝަނަށް މަގު ފަހި ކޮށްދޭ ކަމެއް." ޢުމަރު ވިދާޅުވެފައިވެއެވެ.

ޢުމަރު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި 15000 ގޯތި މާލޭ ސަރަޙައްދުން ދޫކުރަށްވާނެ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ބިން ވިއްކުން ހުއްޓާލާނެ ކަމަށާއި، އެޗްޑީސީ އުވާލާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. އޭގެ އިތުރުން ޢުމަރު ވިދާޅުވީ، ކޮންމެ ޢާއިލާއަކަށް ދެވަނަ ގެއެއް ދެއްވާނެ ކަމަށެވެ.

މީގެ ކުރިން ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ، ފްލެޓް ދޫކުރުމުގެ ވިސްނުމަށް ތާއީދު ނުކުރާ ކަމަށާއި، އެ ޙަރަކާތުގެ ވިސްނުމަކީ ރައްޔިތުންނަށް ގޯތި ދޫކުރުން ކަމަށެވެ. ޢުމަރު ވިދާޅުވީ ފްލެޓަކީ ރައްޔިތުން ދަރަނިވެރި ކުރުވާ މަޅިއެއް ކަމަށާއި، ބިމުގެ ވިޔަފާރި ދަޢުލަތުން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން