ޙަޤީޤީ ހަރުކަށި ފިކުރުން މީސްތަކުން ދުރުކުރެވޭނީ އެކަމަށް ޤާބިލު މީހުންނާ އެމަސައްކަތް ޙަވާލުކޮށްގެން ކަމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކާއި، އިސްލާމް ދީނާ ދެކޮޅު ޝިޢާރުތައް ފާޅުކުރާ ފަރާތްތައް އިތުރުވެ، އެކަމުގެ ނުރަނގަޅު އަސަރު މުޅި މުޖުތަމަޢަށް ދަނީ ކުރަމުންނެވެ. އަދި އެފަދަ ފަރާތްތަކުން ފަތުރާ ތަފާތު ފިކުރުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުންވަނީ ނަފްރަތު އުފެއްދުން މަނާކުރުމަށާއި، އިސްލާން ދީނަށް ތައުހީނު ކުރުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލްތަކެއް ހުށައަޅާފައެވެ.
އެކަމަށް އިޝާރާތް ކުރަށްވައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވީ، ހަރުކަށިކަމޭ ކިޔައިގެން ކަމާ ނުބެހޭ މީހުންގެ ބޮލުގައި އެކަމުގެ ތުހުމަތު އަޅުވާ، އެކަމަށް އެކަށީގެންނުވާ މީހުން ލައްވާ އެކަންކަން ރަނގަޅު ކުރަން އުޅުމަކީ ޙަޤީޤީ ހަރުކަށި ފިކުރުން މީސްތަކުން ދުރުކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުން ބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ދަޢުލަތުގެ ކަމާބެހޭ ވުޒާރާތަކާއެކު ދާދިފަހުން މަޝްވަރާތަކެއް ކުރަށްވާފައެވެ.
އަދި ސަރުކާރުން މި އޯގަސްޓްމަހުގެ 24 ވަނަ ދުވަހު ވަނީ، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.
ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ސަރުކާރުން މަޖިލީހަށް މި ފޮނުވީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތުގެ ބިލާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެެވެ.

Harukashi kamey kiyaigen kamaa nubehey meehunge bolugai ekamuge thuhumathu alhuvaa, ekamah ekasheegen nuva meehun lavvaa ekan kan ragalhu kuran ulhumakee hageegee harukashi fikurun meesthakun dhuru kurumah huras elhey kamekeve.
— Ali Zahir bin Saeed (@alizahirsaeed) August 28, 2021
އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުން ބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ދަޢުލަތުގެ ކަމާބެހޭ ވުޒާރާތަކާއެކު ދާދިފަހުން މަޝްވަރާތަކެއް ކުރަށްވާފައެވެ.
އަދި ސަރުކާރުން މި އޯގަސްޓްމަހުގެ 24 ވަނަ ދުވަހު ވަނީ، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.
ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ސަރުކާރުން މަޖިލީހަށް މި ފޮނުވީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތުގެ ބިލާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެެވެ.
ކިޔުންތެރިންގެ ހިޔާލު