ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކޯލިޝަން ޕާޓީތަކުން އެއްބަސްވެފައިވާކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކޯލިޝަންގައި ކުރެވުނު މަޝްވަރާތަކުގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން އަނެއްކާވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްއާރުއެމުން އެއްބަސްވެފައިވާކަމަށެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވަނީ މިކަން ދޮގުކުރައްވާފައެވެ. އަމީން ވިދާޅުވީ ވަކި ކަމަކާމެދު ޕާޓީއަކުން ނޫނީ ވަކި މީހަކު ތަފާތު ގޮތެއް ބޭނުންވުމަކީ ދެން ތިބި އެންމެން ކޮންމެހެން އެއަށް ބޯލަނބަންޖެހޭ ސަބަބެއް ނޫން ކަމަށާއި އަދި ވަކި ވޯޓަކަށް ބަޔަކު ތާއީދުކުރުމަކީ ނުވަތަ ނުކުރުމަކީ އިއްތިހާދުގެ މެނިފެސްޓޯއަށް މިހާރު އެކަމެއް ލުމަށް އޮތް ހުއްޖަތެއްވެސް ނޫން ކަމަށެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ކުރަން އެއްބަސްވި ކަންކަން އެ ޕާޓީތަކުގެ މެނިފެސްޓޯއިން ފެންނަން އެބަހުރި ކަމަށެވެ. އަދި ވަކި ޕާޓީއެއް ބޭނުންވިޔަސް އެކަންކަން މެނިފެސްޓޯގައި ނެތުމުން ދޭހަކޮށްދެނީ އެއީ ޕާޓީތަކުގެ ނިންމުމެއް ނޫންކަމުގައި ވެސް އަމީން ވިދާޅުވިއެވެ.
"ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ކުރަން އެއްބަސްވި ކަންކަން އެހުރީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއިން ފެންނަން. ވަކި ޕާޓީއެއް ބޭނުންވިޔަސް އޭގައި ނެތުމުން ދޭހަކޮށްދެނީ އެއީ ޕާޓީތަކުގެ ނިންމުމެއް ނޫން ކަމުގައި. ވަކި ކަމަކާމެދު ޕާޓީއަކުން ނޫނީ ވަކި ބޭފުޅަކު ތަފާތު ގޮތެއް ބޭނުންފުޅުވުމަކީ ދެން ތިބި އެންމެން ކޮންމެހެން އެއަށް ބޯލަނބަންޖެހޭ ސަބަބެއްވެސް ނޫން. އަދި ވަކި ވޯޓަކަށް ބަޔަކު ތާއީދުކުރުމަކީ ނުވަތަ ނުކުރުމަކީ އިއްތިޙާދުގެ މެނިފެސްޓޯއަށް މިހާރު ލުމަށް އޮތް ހުއްޖަތެއްވެސްނޫން." އަމީން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ޖަވާބުދީ އެމްއާރުއެމުން މިއަދު ބުނީ އެ ޕާޓީންވެސް އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށްކަމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއިއެކު އެއްބަސް ވެފައިވެސް ނުވާނެކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި މެނިފެސްޓޯއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ފިޔަވައި ކޯލިޝަންގައި ދެން ހިމެނޭ ހުރިހާ ޕާޓީތަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެއްބަސްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަށްވާ މަސައްކަތް ކާމިޔާބު ކުރަށްވައި އަންނަ އަހަރު ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން ތަކުރާރުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު