ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ރައްޔިތުންނަށް ލިބެންޖެހޭނީ ލުއި އަގެއްގައި ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

ޕްރޮފެސަރު ހަސަން އުގެއިލް މިހެން ވިދާޅުވީ ހިޔާ ފުލެޓްގެ ކުލި ބޮޑުކުރަން ސަރުކާރުން ނިއްމުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވަމުން ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވީ ދެ ސަރުކާރެއްގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަތިލެވޭ ގުރުބާނީއަކަށް ދިވެހި ރައްޔިތުންވުން ބަލައި ނުގަނެވޭނެ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގައި ކަނޑައެޅިފައިވާ ގޮތަށް އެ ފްލެޓުތައް ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ. އެ ފްލެޓުތައް ރައްޔިތުންނަށް ލިބެންޖެހޭނީ އެކަށޭނެ ވަސީލަތްތަކާއި، ރައްކާތެރި ގޮތުގެ އިތުރުން ލުއި އަގެއްގައި ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ. އަދި އަދުލުވެރި އިންސާފުވެރި ގޮތަކީ އެއީ ކަމަށް އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އުގެއިލް ވިދާޅުވިއެވެ.



ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާ ނެގުމަށް ނިއްމައި ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެވެ. ކުރީގެ ސަރުކާރުން ހިޔާ ފުލެޓް ކުއްޔަށް ދޫކުރުމަށް ނިއްމީ 5600 ރުފިޔާ އަށެވެ. ކުލި 5600 ރުފިޔާއަށް ކުޑަކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެެ. ނަމަވެސް މިސަރުކާރުގެ ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވަނީ ކުރީސަރުކާރުން މިއަދު ހެދީ ގޯސްކޮށް ހިސާބު ޖަހައިގެން ކަމަށެވެ.

އެޗްޑީސީން ބުނީ ފްލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަހު އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އެގޮތުން އެ ތިން މަހަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދޭ ތިން މަސް ކަމަށް އެޗްޑީސީން ބުނެ އެވެެ. އެ ފްލެޓުތައް ދޫކުރާއިރު ބޮކި ފަންކާ ހަރުކޮށްފައި ނުހުންނައިރު، މުށި ޖަހައި ކުލަލުމުގެ ކަންކަން ކުރަންޖެހެނީވެސް ފްލެޓު ލިބޭ ފަރާތްތައް އަމިއްލަ އަށް ކަން ފާހަގަކޮށްލެވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓު ތަރައްގީކޮށްފައިވާއިރު ފުލެޓްތައް ލިބޭ ފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން