މިހާތަނަނަށް ރާައްޖޭގައި ވެރިކަން ކުރި ވެރިއަކަށް ޖެހި ޖެހިގެން ދެ ދައުރު ވެރިކަން ކުރެވިފައެއް ނުވެއެވެ. ސަބަބުތައް ވަރަށް ގިނަ އެވެ. އެއީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވެރިކަން ކުރި ވެރިއެެއް އަދި ވެރިކަމަށް އައިސްފައި ނެތުމުން ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެސް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ރައީސް މުއްއިޒު ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުން ތަކެވެ. މި ބައްދަލުވުން ތަކުގައި ރައްޔިތުން ސަރުކާރަށާއި ވަޒީރުންނަށް ދަނީ އިންތިހާއަށް ރުޅިވެރިކަން ބާލަވަމުންނެވެ.
ރައީސް މުއްއިޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ވައުދުތަކާއި އެކު ކަމަށް އެ ރައްޔިތުން ފާހަގަ ކުރިއެވެ. ނަމަވެސް ސަރުކާރުން ކަންކުރަނީ އެއާއި އިދިކޮޅައް ކަމަށް ރައްޔިތުން ފާހަގަ ކުރެއެވެ.
ރައީސް މުޢިއްޒުގެ ވަޒީރުން ވިދާޅުވާ ގޮތުންނަމަ ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީވެސް ރައީސްގެ އިރުޝާދުގެ ދަށުން ރައީސް އަންގަވައިގެންނެވެ. ވަޒީރަކަށް ޓްވީޓެއްވެސް ކުރެވެނީ ރައީސް ހުއްދަ ދެއްވައިގެންނެވެ.
ރައީސް ކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ރައްޔިތުން ހޮވާނެކަމުގެ އުއްމީދު ބޮޑު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުފައެވެ.
ވަޒީރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އަދި ރައީސް މުއިއްޒު ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަސައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިއާޔަތް ކުރާއިރު، ދެވަނަ ދައުރަކަށް އެމަނިކުފާނު ރައްޔިތުން ހޮވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެެއްލެމުން ދާ މި ދަޑިވަޑުގައި ރައީސް މުޢިއްޒު ޑިފެންސަށް އެ ނެރެނީ ސަރުކާރުގެ ވަޒީރުންނެވެ. ކުރިއަށް އޮތް ތަކުނުގައި ވަޒީރުންގެ މިފަދަ އިތުރު ޕޯސްޓްތައް ފެނުން ވަރަށް ގާތެވެ.

ކިޔުންތެރިންގެ ހިޔާލު