ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެންވެސް އެސްޓީއޯ ޖެނެރަލް ޓްރޭޑްއިން ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު 2027" ފަށައިފިއެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސްޑް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމްއެވެ.
މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 16 ނޮވެމްބަރ 2026 ން ފެށިގެން 10 މާރިޗު 2027 ގެ ނިޔަލަށެވެ. މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން 50 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު ކޮންމެ ދެ ހަފްތާއަކު، 500ރ އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2500ރ ގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެއިތުރުން، 5000ރ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ ގެ ފައިސާގެ އިނާމެއްވަނީ ކަނޑައަޅައިފައެވެ.
ޕްރޮމޯޝާން ނިމުމާއި އެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 1 ފަރާތަކަށް މި 100،000ރ ގެ ފައިސާގެ އިނާމެއް ދޭންވެސް އެސްޓީއޯއިން ވަނީ ނިންމައިފައެވެ.
އެސްޓިއޯ ރަމަޒާން ބާޒާރާއި އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާއްމުންނަށް ހުޅުވާލައިފައެވެ. މި ކޮފީ ބީންސް އެންޑް ޓީލީވްސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ އެންމެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވުނު މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓެވެ.
މީގެ އިރުރުން، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، މި ސަރަހައްދުވެސް އާއްމުންނަށް ވަނީ ހުޅުވާލައިފައެވެ.
އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދެއެވެ. މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު