ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ 80 ބާވަތެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި މެދުކެނޑުމެއްނެތި ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ނިންމެވުމުގެ ކުރިން، އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ރަށްރަށަށް ދޫކުރަމުން ދިޔައީ ހަމައެކަނި ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ މި ސިޔާސަތުގެ ދަށުން، އަސާސީ ބާވަތްތަކުގެ ލިސްޓު ވަނީ 26 ބާވަތުން 80 ބާވަތަށް އިތުރުކުރެވިފައެވެ. އެސްޓީއޯއިން މިހާރު ވަނީ މި 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.
ކަނޑައެޅުނު 80 ބާވަތުގެ ތެރޭގައި 20 ބާވަތެއްގެ މޭވާއާއި 20 ބާވަތެއްގެ ތަރުކާރީ ހިމެނެއެވެ. މީގެ އިތުރުން ގޭބިސީތަކުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތާއި، ކާބޯތަކެތި ނޫން އަސާސީ ތިން ބާވަތް ވެސް މި ލިސްޓުގައި ހިމެނެއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އެސްޓީއޯއިން ކަނޑައަޅާ އަގުތަކުގައި މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެސްޓީއޯއިން ދަނީ ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ. އެގޮތުން، އެސްޓީއޯއިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ދޫކޮށް، އެ ވިޔަފާރިތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިޤްތިޞާދީ ގޮތުން ބާރުވެރިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެސްޓީއޯގެ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފިހާރަތަކުގެ ލިސްޓު ވެސް އާންމުކޮށްފައެވެ. އެގޮތުން، ގްރޭޓަރ މާލޭ ސަރަހައްދުގައި 48 ފިހާރައެއް ހިމެނޭއިރު، 3,000 އަށްވުރެ ބޮޑު އާބާދީގެ ރަށްތަކުގައި 22 ފިހާރައާއި، 3,000 އިން ދަށުގެ އާބާދީގެ ރަށްތަކުގައި 38 ފިހާރަ ހިމެނެއެވެ. މި އިންތިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އަސާސީ ބާވަތްތައް ފަސޭހަކަމާއެކު އަދި ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު