ތިމާވެށީގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން އެކުދިން ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ބައިވެރިވުމުގެ ގޮތުން، ޗައިނާގެ ބެއިޖިންގްގައި ބޭއްވި "ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް" ގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސާ ގުޅޭގޮތުން އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އެ އެޖެންސީން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެއްބާރުލުން ދިނުމެވެ.
އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ކޮންމެ ކުއްޖެއްގެވެސް ސިއްހަތާއި ދުޅަހެޔޮކަމަށްޓަކައި ސާފު ވައި، ރައްކާތެރި ބޯފެން، އިންތިހާއަށް ގަދަ ހޫނުން ރައްކާތެރިވުން އަދި ގެއްލުންދެނިވި ކެމިކަލްތަކުން ސަލާމަތްވެ ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ.
މީގެއިތުރުން، ކުޑަކުދިން ބޮޑެތިވަމުން އަންނަ މާހައުލު އިހުތިޔާރު ކުރުމުގެ ބާރު އެކުދިންނަށް ލިބިފައި ނުވި ނަމަވެސް، އެކުދިންނަށް ދުޅަހެޔޮ އަދި ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމަކީ އެންމެން ގުޅިގެން ކުރެވިދާނެ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
ތިމާވެށި ހިމާޔަތްކުރުމަކީ ހަގީގަތުގައި ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުން ކަމަށް ބުނެ، ދުޅަހެޔޮ މުސްތަގުބަލެއް ކުޑަކުދިންނަށް ހޯދައިދިނުމަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު