ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ހަތަރު ދާއިރާއެއްގައި ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުތަކުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި، އެ ރަށުގެ ޑަބްލިއުޑީސީ މެންބަރަކު އިންތިޚާބުކުރުމެވެ. މީގެއިތުރުން ހއ. ވަށަފަރު ޑަބްލިއުޑީސީގެ ހުސްވެފައިވާ ގޮނޑިއާއި، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ޑަބްލިއުޑީސީގެ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުވެސް މިއަދު ދަނީ ބާއްވަމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޖުމްލަ 3,776 މީހަކަށް ލިބިފައިވެއެވެ. ވޯޓުލުން ފެށިގެން ހެނދުނު 09:00 އާ ހަމައަށް އައިއިރު ވޯޓުލާފައިވަނީ 176 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 4.66 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 65 އަންހެނުންނާއި 111 ފިރިހެނުންނެވެ. އެހެންކަމުން ހެނދުނު ނުވައެއް ޖެހުމާ ހަމައަށް ވޯޓުނުލާ 3,600 މީހުން (95.34 އިންސައްތަ) އެބަތިއްބެވެ.
މި އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމާބެހޭ އަތޮޅުތަކުގެ ރަށްރަށުގައި ފަސް ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލެ ސަރަޙައްދުގައިވެސް ފަސް ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
އިންތިޚާބުގެ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އީސީގެ 81 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ގެންދިއުމަށްޓަކައި މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހިމެނޭހެން 100 އަށް ވުރެ ގިނަ ފަރާތްތަކުން ދަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އަދި ވަގުތު ހަމަވާއިރު ވޯޓުލާން ކިޔޫގައި ތިބޭ ހުރިހާ ފަރާތްތަކަށްވެސް ވޯޓުލުމުގެ ފުރުޞަތު ދެވޭނެ ކަމަށާއި، ވޯޓުލުން ނިމުމާއެކު ވޯޓު ގުނުމުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު