ސިޔާސީ ޕާޓީގެ ޤާނޫނު-
ސިޔާސީ ޕާޓީގެ ޤާނޫނު-
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީސީން ބުނީ އެ ކޮމިޝަނުން ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ކަމަށެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ވަނީ ލާޒިމު ކޮށްފައެވެ.

އެހެންނަމަވެސް، އެ ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެކަންކަން ކަށަވަރު ނުކުރެވޭކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސް ތެރޭގައި ޕާޓީތަކުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު އީސީއަށް ހުށަހަޅަން ޖެހެއެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެ އަދަދު އުނިކުކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް