ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައި އަމިއްލަ ގޮތުން ނުކުމެވަޑައިގެންނެވި ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ތާއީދާއެކު ވާދަކުރެއްވި ރިޝްމާ މި އިންތިހާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒް އަހްމަދާ ވާދަކުރައްވައި، ވޯޓުލުން ކުރިއަށްދިޔަ ތިން މަރުކަޒުން ވެސް ކުރި ހޯއްދަވައިގެންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރިޝްމާ އިންތިހާބު ކާމިޔާބުކުރެއްވީ ޖުމްލަ 278 ވޯޓު ހޯއްދަވައިގެންނެވެ. ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒަށް ލިބިވަޑައިގަތީ 221 ވޯޓެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލަށް ބަލާއިރު:
ވަށަފަރުގައި ބެހެއްޓި ފޮށި: ރިޝްމާއަށް 126 ވޯޓު، ޒައިނާޒަށް 124 ވޯޓު
މާލޭގައި ބެހެއްޓި ފޮށި: ރިޝްމާއަށް 107 ވޯޓު، ޒައިނާޒަށް 66 ވޯޓު
ހުޅުމާލޭގައި ބެހެއްޓި ފޮށި: ރިޝްމާއަށް 45 ވޯޓު، ޒައިނާޒަށް 31 ވޯޓު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅުގެ އުފަން ރަށް ކަމަށްވާ ވަށަފަރުގެ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީއަށް ނާކާމިޔާބުވިއިރު، މިއަދު ބޭއްވި ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަން ވެސް އެ ޕާޓީއަށް ވަނީ ނާކާމިޔާބުވެފައެވެ. ތިނަދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ސުޖާއު އަލީއެވެ.

ކިޔުންތެރިންގެ ހިޔާލު