ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސުޖާއު އަލީ އަލުން ކާމިޔާބުކުރައްވައިފިއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ސުޖާއު އަލީ ވަނީ 87 ވޯޓު ހޯއްދަވާފައެވެ. އަދި މި އިންތިޚާބުގައި ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު އަމަން މުޙައްމަދަށް ލިބިވަޑައިގެންފައިވަނީ 42 ވޯޓެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވީ، އެންޓި-ޑިފެކްޝަންގެ ގާނޫނީ އޮނިގަނޑުގެ ދަށުން، އިންތިޚާބުވި ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން ސުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެންނެވެ. މިއީ މިފަދަ ނިންމުމަކާ ގުޅިގެން ކައުންސިލަރެއްގެ ގޮނޑި ހުސްވިކަމަށް ނިންމި ފުރަތަމަ ފަހަރެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސުޖާއު ވާދަކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމުމުން، އޭނާ ވަނީ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު