މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ނުސާފުމިންވަރު ނުރައްކާތެރި ދަރަޖައަކަށް އުފުލިފައިވާތީ، ބޭރުތެރޭގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ހަރަކާތްތައް ވަގުތީގޮތުން މަޑުޖައްސައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މާލޭގެ ވައިގެ ނުސާފުމިންވަރު ހުރީ 163 ގައެވެ. އަދި މި ވަގުތު ރާއްޖޭގެ ސަރަހައްދުތަކުގެ ތެރެއިން ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. އެ ރަށުގެ އިންޑެކްސް ވަނީ 168 އަށް އަރައިފައެވެ.
މީގެއިތުރުން ށ. ފުނަދޫގެ ވައިގެ ސާފުމިންވަރު 157 ގައި ހުރިއިރު، މި މިންވަރު 150 އަށްވުރެ މައްޗަށް ދިއުމަކީ އެންމެހައި ފަރުދުންގެ ސިއްހަތަށްވެސް ނުރައްކާ އޮތް ހާލަތެއްކަމަށް އެޗްޕީއޭއިން ބަޔާންކުރައްވައެވެ. ވައިގެ ނުސާފުމިންވަރު 100 އާއި 150 އާ ދެމެދުގައި ހުންނަނަމަ، ނާޒުކު ސިއްހީ ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ނުރައްކާ ބޮޑުވާނެއެވެ. އަދި 50 އަށްވުރެ މައްޗަށް ދިއުމުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ.
އެޗްޕީއޭއިން އާންމުކުރެއްވި އިރުޝާދުގައި ވާގޮތުން، ވައިގެ ކޮލިޓީ 150 އަށްވުރެ މައްޗަށް ގޮސްފައިވާ ސަރަހައްދުތަކުގައި ބޭރުތެރޭގައި ހޭދަކުރާ ވަގުތު މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި އެން95 މާސްކު އެޅުމަށް ވަނީ ބާރުއަޅުއްވައިފައެވެ.
ހަމައެއާއެކު، ގޭތެރެއަށް ނުސާފު ވައި ވަނުން ހުއްޓުވުމަށްޓަކައި ކުޑަދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި، ގޭތެރޭގައި ވައި ސާފުކުރާ ނިޒާމުތައް (އެއާ ޕިއުރިފަޔާ) ބޭނުންކުރުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިދުވަސްވަރު ރާއްޖެގެ އަތޮޅުތަކަށް ދުންފުހުގެ (Haze) އަސަރު، ޚާއްޞަކޮށް އުތުރާ މެދުރާއްޖޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހަށް ބޮޑުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރުމާއި ގުޅިގެން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ!
— Health Protection Agency (@HPA_MV) November 21, 2026
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން Maldives Air Quality Index (AQI) and Air Pollution information | IQAir USA ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބައްލަވާ.
އެންމެ ފަހުގެ އަޕްޑޭޓް: 21 ނޮވެމްބަރު 2026
#haze
#airpollution
#staysafe
އެޗްޕީއޭއިން އާންމުކުރެއްވި އިރުޝާދުގައި ވާގޮތުން، ވައިގެ ކޮލިޓީ 150 އަށްވުރެ މައްޗަށް ގޮސްފައިވާ ސަރަހައްދުތަކުގައި ބޭރުތެރޭގައި ހޭދަކުރާ ވަގުތު މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި އެން95 މާސްކު އެޅުމަށް ވަނީ ބާރުއަޅުއްވައިފައެވެ.
ހަމައެއާއެކު، ގޭތެރެއަށް ނުސާފު ވައި ވަނުން ހުއްޓުވުމަށްޓަކައި ކުޑަދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި، ގޭތެރޭގައި ވައި ސާފުކުރާ ނިޒާމުތައް (އެއާ ޕިއުރިފަޔާ) ބޭނުންކުރުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު