ދިވެހި ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގައި 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޤައުމީ ޚިދުމަތްތެރިޔާ، ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ޢަސްކަރިއްޔާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބިލާލް އާދަމް މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އެމަނިކުފާނު ވަނީ މި ހިތާމަވެރި ވަގުތުގައި މަރްޙޫމްގެ ޢާއިލާއަށާއި ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތާއި ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރްޙޫމަށް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ހެޔޮ ދުޢާ ކުރެއްވިއެވެ.
މަރްޙޫމް ބިލާލް އާދަމް މަނިކަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދެވުނު ޢުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި ވަރަށް މަތިވެރި ޖިހާދެއް ކުރެއްވި ބަޠަލެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަރްޙޫމްގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެ ނުރައްކާތެރި ދަނޑިވަޅުގައި ސިފައިންގެ މައި މަރުކަޒު ހިމާޔަތްކުރުމަށްޓަކައި އެންމެ އިސް ސަފުގައި ހުންނަވައިގެން މަރްޙޫމް ދެއްކެވި ހިތްވަރަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ. ޚާއްޞަކޮށް، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އޮހެމުންދިޔަ ވަގުތު، ދުޝްމަނުންގެ ހަރަކާތްތައް ދެނެގަނެ ރައްދު ދިނުމަށްޓަކައި ބަހަކަށް އަރާވަޑައިގެން ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނެންގެވި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ރައީސް މުޢިއްޒު އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެއިތުރުން، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ދިވެހި ސިފައިން ތަމްރީނުކުރުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުވުމުގައި ބިލާލް އާދަމް މަނިކު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނަކީ ސިފައިންގެ އެކި ޔުނިޓްތައް ހިންގެވުމުގައި ނަމޫނާ ދެއްކެވި ސިފަވަންތަ ކޮމާންޑަރެކެވެ. ހަމައެއާއެކު، ސިފައިންގެ ތާރީޚުގައި ހިންގާފައިވާ ބޮޑެތި އަދި ނާޒުކު ގިނަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޤައުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި މަރްޙޫމް އަބަދުވެސް ހަނދާންކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު