ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ 150 މުވައްޒަފުން ފުލުހުން ހިންގި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ދަސްވެނިވެއްޖެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އިސްކަންދަރު ބިލްޑިންގގައެވެ.
އެންސީޕީއެލްއީގެ ސެންޓަރ ފޮރ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކުރި މި ތަމްރީނަކީ މިހާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެއްފަހަރާ މި ފެންވަރުގައި ހިންގުނު މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. މި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްލަ 6 ބެޗަކަށް ބަހާލައިގެން، މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޯހުގައި ސެކިއުރިޓީ އޮފިސަރުންގެ ކިބައިގައި ހުންނަންޖެހޭ ޕްރޮފެޝަނަލް އަހުލާގާއި، މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކުގެ އިތުރުން ކަމާގުޅޭ ގާނޫނުތަކަށް ވަނީ އަހުލުވެރިކޮށްފައެވެ. އަދި ޑިއުޓީގެ ތެރޭގައި ދިމާވާ އެކި ކަންކަން ގާނޫނީ އިމުގެ ތެރެއިންނާއި އަމަލީ ގޮތުން ހައްލުކުރާނެ ގޮތްތަކާއި، ހަށިހެޔޮކަން ދެމެހެއްޓުމާއި ސެލްފް ޑިފެންސް ނުވަތަ ނަފްސުގެ ދިފާއުގައި ބޭނުންކުރާނެ އުކުޅުތައް ވެސް ވަނީ ދަސްކޮށްދީފައެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ގައުމުގެ އެންމެ މުހިންމު އެއް މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްގެ މެނޭޖްމަންޓުން ދެއްވާ އަހަންމިއްޔަތުކަމަކީ އެހެން އިދާރާތަކުން ވެސް މިސާލަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި ތަމްރީނު ފުރިހަމަކުރި އޮފިސަރުންގެ ފަރާތުން ފެނިގެންދިޔަ އަހުލާގާއި ޑްރިލްގެ ހުނަރަކީ ސިފައިންނާއި ފުލުހުންގެ އަސާސީ ތަމްރީނު ހަދާފައިވާ ފަރާތްތަކާ އެއްވަރުގެ ފެންވަރެއްކަން ފާހަގަކުރައްވައި އެކަމަށް ސީޕީ ތައުރީފު ކުރެއްވިއެވެ.
ކޮމިޝަނަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެމްއޭސީއެލްއާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށާއި، މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި އެޑްވާންސް ލެވެލްއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެއިތުރުން، އުނގެނުނު ކަންކަން ވަޒީފާގެ މާހައުލުގައާއި އަމިއްލަ ދިރިއުޅުމުގައި އަމަލީ ގޮތުން ދެއްކުމަށް އޮފިސަރުންނަށް އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިގުތިސާދީ މައި ނާރު ކަމަށްވުމުން، އެތަނުގެ ސެކިއުރިޓީއަކީ އެއްވެސް މިންވަރަކަށް ދޫދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއާޕޯޓުގެ ސަލާމަތީ ކަންކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ މުޅި ގައުމުގެ ރައްކާތެރިކަމާ ގުޅިފައިވާ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާޕޯޓުގެ ލޭންޑްސައިޑް ބެލެހެއްޓުމަށް އުފެއްދި އެސްޓޭޓް ސެކިއުރިޓީގެ ޒިންމާތައް ކުރު މުއްދަތެއްގެ ތެރޭގައި ފުޅާވެފައިވާތީ، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ފުލުހުންގެ ޚިދުމަތުން ވެދެއްވާ އެހީތެރިކަމަށް ސީއީއޯ ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެންސީޕީއެލްއީގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ކޮލެޖް ކައުންސިލްގެ ޗެއަރޕާރސަން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމާއި، ފުލުހުންގެ އިސް އޮފިސަރުން އަދި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު