މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ވިލިމާލެއިން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރި ތިން ފިލްމީ ތަރިން ކުށަށް އިއުތިރާފްވެއްޖެއެވެ.
ފުލުހުން މިދިޔަ މަހުގެ އަށް ވަނަ ދުވަހު ވިލިމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހް(ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ.
ކޯޓު ރެކޯޑުތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ފިލްމީ ތަރިންގެ ތެރެއިން އިސްމާއިލް ޖުމައިހް ފިޔަވައި، އަޒްމީލް އާއި ވިޝާލް އަކޫ މީގެކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދު ރެކޯޑު އޮންނަ ތިން މީހުންނެވެ. އެހެންވެ ޖުމާއާއެކު ހެދީ ނަސޭހަތުގެ އެއްބަސްވުމެކެވެ. ނަމަވެސް އަޒޭ އަދި ވިޝާލް އާ ދެކޮޅަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އަދި އެ ދެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން ޑްރަގު ކޯޓަށް ބަދަލުކުރަން ވެސް ޕީޖީން ވަނީ އެފިފައެވެ.
އެ އެންމެންގެ މައްސަަލަ ވެސް ތަހުގީގުކޮށް ދައުވާކުރަން ފޮނުވީ މިދިޔަ މަހު ފަހުކޮޅުއެވެ. އަދި ފަހުން ތިބީ ބަންދުންވެސް ދޫކޮށްލައިފައެވެ.
މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނެރުނު ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން އެ ތަނަށް ވަން ވަގުތު އެ މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހުރީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަހައްޓާފައެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ޑްރަގް ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އޭގެ ސީދާ އަދަދެއް ކޯޓު އަމުރުތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު