ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ އިދާރާގެ ފަޔާ އެންޑް ރަސްކިއު ސާވިސްއަށް މިރޭ 06:05 ހާއިރު ލިބުމާ އެކު، ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ.
އަދި 06:21 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވުނުކަމަށް ވެސް ބުންޏެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރަތަށް އެކިވަރުގެ ގެއްލުން ލިބުނުނަމަވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލު އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު