ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ ރޭ އަލިފާން ރޯވެ އަނދައި ހުލިވެފައިވަނީ، ހުޅުމާލޭގައި ދާދިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ހާދިސާގައި ހިމެނޭ ކާރު ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމުގައި އެ ކާރު ޕާކުކޮށްފައި އޮއްވައެވެ. އެމްއެންޑީއެފުން ބުނީ ކާރުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ ރޭ މެންދަމު 02:17 ހާއިރު ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ މެންދަމު 02:39 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައެވެ. މީގެއިތުރުން، އެ ކާރު ކައިރީގައި ޕާކުކޮށްފައި އޮތް އެހެން ދެ ކާރަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި މި ކާރަކީ، މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު، ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައި ހިނގި އެކްސިޑެންޓުގައި ހިމެނޭ ކާރެކެވެ. އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެ ވަގުތު ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެ މީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނީއެވެ. އަދި އެ ވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން މަގުމައްޗަށް ވެއްޓުނު ކުޑަކުއްޖާގެ ގައިގައި ޖެހި ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ވަނީ ބެލެވިފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ހާދިސާގައި ހިމެނޭ ތިން ކާރު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން ޑްރައިވަރުންގެ ލައިސަންސް ވެސް ހިފަހައްޓާފައެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު