ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، ފަންނީ ތަމުރީނު ދޭ މަރުކަޒުތައް އެއް ތަނަކަށް ގެނައުމުގެ މަގުސަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026"ގައި އެޗްޑީސީން ބައިވެރިވާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ މި މަހު 26، 27 އަދި 28 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރަ އެކްސްޕޯގައި އެޗްޑީސީގެ ޖުމުލަ 5 ޑިޕާޓްމަންޓެއްގެ ސްޓޯލް ހުންނާނެ ކަމަށެވެ.
"މީގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ކެރިއަރ ފުރުސަތުތަކާއި، ފަންނީ އަދި ސަގާފީ ހުނަރުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ. މި އެކްސްޕޯގައި މި ކޯޕަރޭޝަނުން ހުށަހަޅާ އެންމެ ޚާއްސަ ކަމަކީ ކިޔަވާ ކުދިންނަށް ޚާއްސަ "އެކުވެހި" ދައްކާލުމެވެ." އެޗްޑީސީން ބުނެފައިވެއެވެ.
ހަމައެއާއެކު އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ މާކެޓިންގ ސްޓޯލްގައި "އެކުވެހި"އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރުން ކުރިއަށްދާނެ ކަމަށް ބުނެފައެވެ. އަދި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކުވެހި ބަލާލުމުގެ ފުރުސަތު ދިނުމާއެކު، އެކުވެހީގެ ކަންކަމަށް އާއްމުންގެ ހިޔާލުހޯދުން މިސްޓޯލުން ކުރިއަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ހިއުމަން ރިސޯސަސް ސްޓޯލްގައި އެޗްޑީސީގެ ކެރިއަރ މަގުތަކާއި، ބޭނުންވާ ހުނަރުތަކާއި، ކުރިއެރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ އިންޓަރެކްޓިވް ވީލް، ޓްރީވިއާ، ކުއިޒް އަދި ލަކީ ޕްރައިޒް ފަދަ އާންމުންނަށް ބައިވެރިވެވޭ ހަރަކާތްތައް ހިންގާނެއެވެ.
އަދި، ގްރީނިންގ ޑިޕާޓްމަންޓްގެ ސްޓޯލް މެދުވެރިކޮށް ހުޅުމާލޭގެ ލޭންޑްސްކޭޕިންގެ ފަހަތުގައިވާ އަމަލީ އަދި އިންޖީނިއަރިންގ ސަބަބުތަކާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުރުން ސެންޓްރަލް ޕާކް ސްލޮޓްގެ ތެރޭގައި ގަސް އިންދުމުގެ މަސައްކަތްތަކާއި، ލައިވް ހޯޓިކަލްޗަރ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ.
ހަމައެއާއެކު ޕްރޮޖެކްޓް އިމްޕްލީމެންޓޭޝަން އެންޑް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ސްޓޯލްގައި ތާޒާ ފަން ބޭނުންކޮށްގެން އެއްޗެހި ލެންބުމާއި ކެފުމުގެ އުކުޅުތައް ދައްކާލުމާއި، ވިޔެގެން އެއްޗެހި އުފެއްދުމުގެ ސަގާފީ ހަރަކާތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އަދި، މި ހަރަކާތުގެ ތެރެއިން އުފައްދާ ތަކެތި ހަދިޔާއެއްގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. އަދި ކާޕެންޓްރީ އެންޑް ވެލްޑިންގ ޓީމުގެ ސްޓޯލްގައި މޯލްޑިވްސް އެކްސްޕޯގައި ބޭނުންކުރި ބޯޓާއި ޑްރެޖަރ ދައްކާލައި، ޓެކްނިކަލް އަދި ފަންނީ ހުނަރުތައް ދައްކާލަން ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ، މި އެކްސްޕޯގެ ތެރެއިން އެކުވެހީގެ އިތުރުންވެސް އެ ކޯޕަރޭޝަންގައި އާންމުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށެވެ. އެހެންކަމުން، ވީހާވެސް ގިނަ މީހުން ވަރަ އެކްސްޕޯއަށް ޒިޔާރަތްކޮށް، އެކޯޕަރޭޝަންގެ ސްޓޯލްތަކަށް ޒިޔާރަތްކުރުމުގެ ދައުވަތު އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު